އޮފްބީޓް

އެޕާޓްމަންޓް ދެވުނީ ގޯހުންކަން އެނގުނުއިރު އިމާރާތަށް 22،136 ހޭދަކޮށްފި

ޗައިނާ އަށް ނިސްބަތްވާ މީހަކަށް ހައުސިން ސްކީމްގައި ހަވާލުކުރި އެޕާޓްމަންޓަކީ އޭނާއަށް ލައްވާލި އެޕާޓްމަންޓް ނޫންކަން އެނގުނުއިރު އެތަން ޒީނަތްތެރި ކުރަން އެމީހާ 150،000 ޔުއާން (22،136 ޑޮލަރު) ހަރަދު ކޮށްފި އެވެ.

ޗައިނާގެ ޗޮންގިން ގައި އަޅާފައިވާ އުސް އިމާރާތެއްގެ 40 ވަނަ ފަންގިފިލާއިން ލިބުނު ފުލެޓްގެ ތަޅުދަނޑި އޭނާއަށް މިއަަހަރުގެ ޖޫން މަހު ވަނީ ހަވާލު ކޮށްފަ އެވެ.

ނަމަވެސް އެއީ އޭނާގެ ފުލެޓް ނޫންކަން ހައުސިން ސްކީމް ހިންގާ ފަރާތުން އެމީހާއަށް އަންގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އޭރު އިމާރާތް ޒީނަތްތެރި ކުރަން އެ މީހާ ވަނީ ވަރަށްބޮޑު ހޭދައެއް ކޮށްފަ އެވެ.

އިމާރާތުގެ ވެރިފަރާތުން ނުބައި އެޕާޓްމަންޓެއްގެ ތަޅުދަނޑި އޭނާއާ ހަވާލު ކޮށްފައިވާއިރު، އެ އިމާރާތުގެ 40 ވަނަ ފަންގިފިލާގައި ހަދާފައިވާ އަށް އެޕާޓްމަންޓްގެ ތެރެއިން ކުއްޔައް ދޫކޮށްފައިވަނީ ހަތަރު އެޕާޓްމަންޓެވެ.