އަލިފާން

ފިހާޅޮހި ކައިރީގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

Oct 29, 2016

ފިހާޅޮހި ރިސޯޓް ކައިރީގައި އޮތް ލޯންޗެއް ގައި އަލިފާން ރޯވެ، ލޯންޗު އެއްކޮށް އަނދާ ހުލިވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއްވެފައެއް ނުވެ އެވެ.

އެމްއެެންޑީއެފްއިން މިއަދު ބުނީ އެ ރިސޯޓް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ނިންވުމުގެ މަސައްކަތް މިހާރު ސިފައިން ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހާދިސާ ހިނގިއިރު ލޯންޗުން ދަތުރުކުރަމުން ދިޔައީ ލޯންޗުގެ ކެޕްޓަން އަކަންޏެވެ. އޭނާއަށް އެއްވެސް ގެއްލުމެއް ނުވެ ވަނީ ސަލާމަތްކޮށްފަ އެވެ.

ހާދިސާގައި މީހަކަށް އަނިޔާއެއްވެފައިނުވީ ނަމަވެސް އެ ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.

މިއަދު އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު ކައިރީގައި އޮންނަ ޗަސް ބިމުގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި ވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.