އަދާލަތު ޕާޓީ

އަދާލަތުގެ ޖޫރިމަނާ މައްސަލަ މާދަމާ

Oct 30, 2016
1

ޖޫރިމަނާގެ މައްސަލާގައި އަދާލަތު ޕާޓީން އިލެކްޝަން ކޮމިޝަން (އީސީ) ގެ މައްޗަށް ދައުވާކޮށްފި އެވެ. އީސީން އަދާލަތު ޖޫރިމަނާ ކުރީ ބައެއް މުޒާހަރާތަކުގައި ގަވައިދާ ހިލާފުވެގެނެވެ.

އަދާލަތުން އެކަމާ ހިތްހަމަ ނުޖެހޭތީ ސިވިލް ކޯޓަށް އެ މައްސަލަ ވައްދާފައިވާއިރު އެ މައްސަލައިގެ ޝަރީއަތުގެ ޑިސްޕިއުޓް މަރުހަލާ ފަށަނީ މާދަމާ އެވެ. އީސީން ދެ ފަހަރެއްގެ މަތިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޭޑޭގައި ކުރި މުޒާހަރާ އާއި "މިންޖުވާން" އެ ނަމުގައި ކުރި މުޒާހަރާ އެވެ.

މޭޑޭގެ މުޒާހަރާގެ މައްސަލާގައި އެ ޕާޓީ ޖޫރިމަނާ ކުރީ 69،000 ރ. އިންނެވެ. އަނެއް މުޒާހަރާގައި 75،000ރ. އިންނެވެ.