ނެޝަނަލް ޕޭ ކޮމިޝަން

ޕޭ ކޮމިޝަނަށް ފަސް ބޭފުޅަކު އައްޔަން ކޮށްފި

Oct 31, 2016

ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް ފަސް ބޭފުޅުން މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އައްޔަން ކުރައްވައިފިއެވެ.

ނޭޝަނަލް ޕޭ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރެއްވީ، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަހުމަދު މުނައްވަރާއި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ޑރ. އިސާމް މުޙައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިއުމަން ރިސޯސް ޑިވިޒަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ލުބްނާ އަބްދުލްގާދިރާއި ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލްއާއި ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ ފާޠިމަތު ރަޒީނާއެވެ.