ހަބަރު

ދިރާގުގެ ސަބްމެރިން ކޭބަލުގެ މައްސަލަ ހައްލުކޮށް ހިދުމަތް ދީފި

ދެކުނުގެ ބައެއް އަތޮޅުތަކަށް ދިރާގު ނެޓްވޯކްގެ ހިދުމަތަށް ބުރޫއެރީ ސަބްމެރިން ކޭބަލަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށާއި އެކަން ބެލުމަށްފަހު މައްސަލަ ހައްލުކޮށްފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގު ސަބްމެރިން ކޭބަލްއަށް އިއްޔެއިން ފެށިގެން ދިމާވި މައްސަލައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ވަނީ ރޭންޖް ލިބުމުގައާއި އިންޓަނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފަ އެވެ. އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން ހިދުމަތަށް ވެސް ވަނީ ބުރޫ އަރާފަ އެވެ. މައްސަލަ ކުރިމަތިވެފައިވަނީ، އދ، ފ، ތ، ލ، ގ، ޏ އަދި ސ އަތޮޅަށެވެ.

ދިރާގުން މިއަދު ބުނީ، އެކުންފުނީގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައިވަނީ ސަބްމެރިން ކޭބަލަށް ދިމާވި މައްސަލައަކުން ކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ރަނގަޅުކޮށްފައިވާ ކަމަށާއި، ނަމަވެސް އިތުރަށް މައްސަލައެއް ކުރިތިވިޔަ ނުދިނުމަށް އެކަން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

ބެންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން އާއި މޯބައިލް ބޭންކިން ހިދުމަަތަށް ވެސް މިފަހުން ވަނީ ބުރޫ އަރައިފަ އެވެ.