ބޭރު ކުޅިވަރު

ލިވަޕޫލްގެ ފެންވަރު ދަށް: ރޮޖާސް

Dec 10, 2014

ލަންޑަން (ޑިސެމްބަރު 10) – ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ލިވަޕޫލްގެ ކުޅުމުގެ ފެންވަރު ދަށްވެގެން ކަމަށް ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ލިވަޕޫލަށް ނަތީޖާތައް މި ސީޒަންގައި ދަށްވުމުން، ރޮޖާސް އަށް ވަނީ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ. ލިވަޕޫލް މި ވަގުތު އޮތީ ޕްރިމިއާ ލީގުގެ ނުވަ ވަނައިގަ އެވެ. -- ބީބީސީ