އިޒްރޭލް

ގުދުސްގެ މިސްކިތްތަކުން ބަންގި ގޮވަން އިޒުރޭލުން ހުރަސް އަޅައިފި

Nov 5, 2016
1

ގުދުސްގެ އަބޫދިސްގެ އަވަށުގައި ހުންނަ ތިން މިސްކިތެއްގައި ފަތިސް ނަމާދަށް ބަންގި ގޮވުން އިޒްރޭލުން މަނާ ކޮށްފި އެވެ.

އަބޫދިސްގެ ލޯކަލް ކޮމީޓީގެ ވެރިޔާ ބައްސާމް ބަހަރު މައަން ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިޒްރޭލުގެ ސިފައިން އެސަރަހައްދު ވަށާލީ ފަތިސް ނަމާދުގެ ކުރިން ކަމަށާއި ބަންގި ގޮވުން މާނަ ކުރުމަށް އިންޒާރު ދީފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ އައް ރަހުމާން މިސްކިތާއި އައް ތޮއްޔިބު މިސްކިތާއި އަލް ޖާމިއާ މިސްކިތް ވެސް އިޒްރޭލް ސިފައިން ބަލައި ފާސްކުރި ކަމަށާއި ބަންގި ބަންގި ނުގޮވުމަށް މިސްކިތުގެ އިމާމަށް ވެސް އެންގި ކަމަށެވެ.

ބަހަރު ވިދާޅުވީ ފަތިސް ނަމާދު ބަންގި ގޮވުން އިޒްރޭލުން މަނާ ކުރި ސަބަބެއް ނޭންގޭ ކަމަށާއި އަދި ރޭގެ ފަތިސް ނަމާދަށް އިރުމަތީ ސަރަހައްދުގެ މީހުން ސަލާހްދީން މިސްކިތައް ދާން އުޅުމުން އެކަންވެސް އިޒްރޭލް އަސްކަރިއްޔާއިން މަނާ ކުރި ކަމަށެވެ.

"ވަކި ކަމެއް ނާންގާ ވަނީ އެކަން މަނާކޮށްފަ މިއި ފަލަސްތީނުގެ ރައްޔިތުންނަށް އުނދަގޫ ކުރުމަށްޓަކައި އިޒްރޭލުން ކުރާ ކަމެއް އެއީ،" ބައްސާމް ވިދާޅުވި އެވެ.