ބޭރު ކުޅިވަރު

ރެއާލްގެ މައްސަލަތަކާމެދު ޓެކްލްނިކަލް ކޮމިޓީ މަޝްވަރާކޮށްފި

Nov 6, 2016

މިދިޔަ ބުދަ ދުވަހުގެ ރޭ ޔޫއެފްއާ ޗެމްޕިއަންސް ލީގްގައި ޕޮލެންޑްގެ ލީގާ ވާސޯއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް އެއްވަރުވުމުން ރެއާލްގެ މައްސަލަތަކަށް ހައްލު ދެނަގަތުމަށްޓަކައި ޓެކްނިކަލް ކޮމިޓީގެ މަޝްވަރާތައް ފަށައިފި އެވެ.

ރެއާލްގެ ސްޓޭޑިއަމް ސެންޓިއާގޯ ބެރުނަބާއުގައި ޓެކްނިކަލް ކޮމިޓީ އާއި ރެއަލްގެ މިވަގުތު ފުލް ސްކޮޑާއި އިންޖަރީގައި ތިބި ކުޅުންތެރިންނާއި ކޯޗް ޒިދާނާއެކު ބޭއްވި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މީޑިއާ ނުވައްދަ އެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް މާސާއިން ބުނީ ސްޕެނިޝް ލީގް މެޗްތަކާއި ޗެމްޕިއަންސް ލީގް މެޗްތަކުގައި ރެއާލްއަށް ހެދޭ ގޯސްތަކުގެ ސަބަބުން މެޗުގެ ނަތީޖާ އެނބުރެން ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް ހައްލު ހޯދަން މަޝްވަރާ ކުރި ކަމަށެވެ.

ލީގާއާ ދެކޮޅަށް ކުޅުނު މެޗަކީ ޒިދާންގެ އެންމެ ދަށް ނަތީޖާ އެވެ. އެ މެޗުން ރެއާލް ބަލިވާން ދަނިކޮށް މެޗް ނިމެން ކައިރިވެފައި ވަނިކޮށް ރެއާލް ސަލާމަތްކޮށްދިނީ މަޓާއޯ ކޮވަޗިޗް ޖެހި ލަނޑުންނެވެ.

ރެއާލްގައި ފާހަގަ ކުރެވިފައިވާ މައްސަލަތައް

1. ޑިފެންސިވް އެއްވަރެއްގައި ހަރުދަނާ ކަންމަތީ ނުހިފެހެއްޓުން

2. މޮޅުވާން ދިޔަ ނަމަވެސް އިދިކޮޅު ޓީމުގެ ނަތީޖާއިން މެޗް އެއްވަރުވުން

3. ޓީމު ވޯކް ދަށަށް ދިއުން

4. މައްސަލަތައް ހައްލު ނުކުރެވި ނިންމުންތައް ރަނގަޅަށް ނުނިންމުން

5. އިދިކޮޅު ޓީމުގެ ކުޅުން ހަލާކު ކޮށްލުމުގައި ސަމާލުކަން ދިނުން

6. ބޭލް އާއި ރޮނާލްޑޯ ބެންޒެމާ އަދި މޮރާޓާ އަށް އެއްފެންވަރެއްގައި ނުގެންދެވުން

އިއްޔެ މީޑިއާއަށް ވާހަކަ ދައްކަމުން ޒިދާން ބުނީ މިސްޓޭކްތަކަށް މަލާމާތް ރައްދުވާނެ ކަން ގަބޫލު ކުރާ ކަމަށެވެ. އަދި ބުނީ މޮޅުވެފައި އޮންނަ ވަގުތު ބައިކޮޅަށް ގޯލް ވަނުމަކީ ހަމައެކަނި ޑިފެންސްގައި ތިބޭ ހަތަރު ކުޅުންތެރިންގެ މައްސަލައެއް ނޫން ކަަމށާއި މުޅި ޓީމުވެސް އެކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

"އަހަރެމެން ޖެހޭ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން އަހަރެން އެކަމަށް ބަހަނާއެއް ނުދައްކަން ޑިފެންސިވްގައި އަހަރެމެން ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަންކަން އިސްލާހްކޮށް ރަނގަޅު ކުރުމަކީ ފުޓްބޯޅައިގެ އެއްބައި އެކަން އަބަދުވެސް ކުރަން ޖެހޭނެ." ޒިދާން ބުންޏެވެ.