މާފުށީ ގެސްޓް ހައުސްއެއްގައި ތިބި ދެ ޓޫރިސްޓަކު ފިހާޅޮހި ރިސޯޓަށް ގޮސް އުޅެނިކޮށް ގެބިގެން މަރު ވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ގެސްޓް ހައުސްގައި ތިބި ޗައިނާގެ ދެ ޓޫރިސްޓުން، ފިހާޅޮހި ރިސޯޓަށް ދިޔައީ އެ ރަށުގައި އެއް ދުވަސް ހޭދަ ކޮށްލުމަށް އިއްޔެ ކަމަށެވެ. އަދި އެ މީހުން މޫދަށް އެރި އުޅެނިކޮށް މަރުވި ހަބަރު ލިބުނީ އިއްޔެ ހަވީރުގެ ވަގުތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ދެ މީހުންގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ. އަދި އެ މީހުން އެނބުރި ގައުމަށް ގެންދެވޭތޯ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާޔާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.