މާލޭގައި ދުއްވާ ޓެކްސީތައް ހުރީ ޓެކްސީ ގަވާއިދާ އެއްގޮތަށްތޯ ބަލައި ފާސް ކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިޔަށް އެބަގެންދެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުން ގުޅިގެން މި މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވެފައިވަނީ ޓެކްސީތައް ޗެކުކުރަން ނިންމީ ޓެކްސީ ކުރުމުގެ ގަވާއިދާ ހިލާފަށް ގިނަ ބަޔަކު ޓެކްސީ ކުރާކަމުގެ ޝަކުވާ ލިބެމުން އަންނާތީ ކަމަށެވެ. އަދި ޓެކްސީތައް ޗެކުކުރުމަށްފަހު ޓެކްސީތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ޓެކްސީތަކަށް އެބަ އަރުވާ އެންމެ ފުރަތަމަ އަރާ މީހާގެ އިޒުނަ އާ ނުލައި އެހެން މީހުން. ގުޅައިގެން އަންނަ ޓެކްސީ ގެނެސްފަ އޮންނަ އިރުވެސް. ގަޑި ނުޖެހި ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނޯވޭ. ބައެއް ފަހަރު ޓެކްސީއަށް އަރުވަނީވެސް އެހެން މީހުން އަރުވާނަންތޯ އަހާފައި އަރުވަން ހުއްދަ ދިނީމަ. އެބަހުރި ދިމާވެފަ ބައެއް ފަހަރު އިތުރު މީހުން އަރުވަން ހުއްދަ ނުދިނީމަ ޑިކީގައި ހުންނަ ލަގެޖުތަކާއި އެއްޗެހި މަގުމައްޗަށް ބާލުވާ މައްސަލަތައް ވެސް. އެއީ ގަވާއިދާ ހިލާފް ކަންކަން" ނާފިޒް ވިދާޅުވެފައިވެ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ ފިޔަވަޅު އެޅުމުގައި އެންމެ ފުރަތަމަ ނަސޭހަތް ދޭނެ ކަމަށާއި އަދި އޭގެ ފަހުން ޖޫރިމަނާ ކުރާނެ ކަމަށާއި އަދި ރަނގަޅު ނުވެއްޖެ ނަމަ ޓެކްސީ ބޯޑު ހިފަހައްޓާ ހުއްދަ ކެންސަލް ކުރާނެ ކަމަށެވެ. ޓެކްސީ ބޯޑު ހިފަހައްޓައިފިނަމަ ފަހުން ހުއްދަ ނުދޭނެ ކަމަށް ރާފިއު ވިދާޅުވެ އެވެ.
"ރަނގަޅު ކޮންޑިޝަންގައި ނެތް ޓެކްސީތައް ސަސްޕެންޑް ކުރާނަން." ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެ އެވެ. އެ އޮތޯރިޓީން ބުނީ ޓެކްސީ ސެންޓަރުތަކުން ކޮންމެ މަހަކު ހުށަހަޅާ ރިޕޯޓާއި ފެންނަ މަންޒަރާއި ދިމާނުވާތީ ފިޔަވަޅު އަޅަން ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.
ގަވާއިދާ ހިލާފު ޓެކްސީތަކަށް ފިޔަވަޅު އަޅަން ނިންމާފައިވާއިރު ޓްރާންސްޕޯޓުންވަނީ ލޭގައި ދުއްވާ ޓެކްސީތަކުގެ ތެރެއިން ބާވެ ޓެކްސީތަކުގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާ ޓެކްސީތައް އާ ކުރަން ލޯނު ދޫކުރަންވެސް ނިންމާފަ އެވެ.