އެސްޓީއޯ

އެސްޓީއޯ ވެއާހައުސް ސޭލް ފަށައިފި، ވަރަށް އަގުހެޔޮ!

Nov 6, 2016

އެސްޓީއޯގެ "ވެއާ ހައުސް ސޭލް" މިރޭ ފަށައިފި އެވެ. މި ސޭލް ފެށިއިރު އަގުތައް ހުރީ ވަރަށް ބޮޑުތަން ހެޔޮޮކޮށްލާފަ އެވެ. އަމީނީމަގު އެސްޓީއޯ ހަތް ނަމްބަރު ކޮށީގައި ކުރިއަށްދާ ވެއާ ހައުސް ސޭލް ހުޅުއްވައި ދެއްވީ ސީނިއަ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން އެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި ފިލިޕްސް އާއި ސެމްސަންގް ޓީވީތައް ވަރަށް އަގުހެޔޮކޮށް ލިބެން ހުރެ އެވެ. މީގެ މީގެ އިތުރުން ފިލިޕްސް ބަދިގެ ސާމާނު އަދި ސުޕަމާޓް އިން ވިއްކާ ތަކެތި ވެސް ލިބެން ހުރެ އެވެ. މީގެ އިތުރުން ފިލިޕްސް ބަދިގެ ސާމާނު އަދި ސުޕަމާޓް އިން ވިއްކާ ތަކެތި ވެސް ލިބެން ހުރެ އެވެ. ހާއްސަ މި ސޭލް ކުރިއަށްދާނީ ކޮންމެ ރެއަކު 20:00 އިން 23:00 އަށެވެ.

މިރޭ ސޭލް އަށް ވަން ބައެއް މީހުން ބުނި ގޮތުގައި މިއީ މީއިން ދުވަހަކުވެސް އަގު ހެޔޮ ނުކުރާ ވަރަށް ހެޔޮކޮށްފައިވާ ސޭލެކެވެ.

"މި ސޭލްގައި މާބޮޑަށް އަގު ހެޔޮ، ވަރަށް ހިތްހަމަ ޖެހޭ ސޭލްއެއް މިއީ،" ވެއާ ހައުސް ސޭލް އަށް މިރޭ ދިޔަ މީހަކު ބުންޏެވެ.

މި ސޭލް ކުރިއަށް ދާއިރު ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ދެއެވެ. އަދި ކޮންމެ ރެއަކުނަސީބުވެރި ފަރާތް ތަކެއް ހޮވައި އަގު ހުރި އިނާމް ތަކެއްވެސް ދެއެވެ.