ރާއްޖެ ކުޅިވަރު

2008 ގެ ފަހުން ވެލެންސިއާ ފައިނަލަށް

Nov 8, 2016

އެފްއޭ ކަޕް ސެމީ ފައިނަލްގައި ޔުނައިޓަޑް ވިކްޓްރީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔަބު ހޯދައި 2008 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަަހަރަށް ކުލަބު ވެލެންސިއާ ފައިނަލަކަށް ދަތުރުކޮށްފި އެވެ.

ވެލެންސިއާ އެންމެ ފަހުން ފައިނަލް ކުޅެފައިވަނީ 2008 ވަނަ އަހަރުގެ ޕްރްޒިޑެންޓް ކަޕްގަ އެވެ.

ފައިނަލަށް ދާން ވެލެންސިޔާ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ ޔުނައިޓަޑް ވިކްޓްރީންނެވެ. މެޗްގެ ހަތް ވަނަ މިނެޓްގައި އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހުސައިން ޝިމާޒު (ކޮކީ) އެވެ. ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 36 ވަނަ މިނެޓްގައި ޗިންޑަ ކަކާ އެވެ. ވެލެންސިއާ މެޗުން މޮޅުކޮށްދިން ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަސަން އަދުހަމް (ސަޑޭ) އެވެ.

ފައިނަލްގައި މިއަންނަ ހުކުރު ދުވަހު ވެލެންސިއާ ވާދަ ކުރާނީ ޓީސީއާ ދެކޮޅަށެވެ. އެފްއޭކަޕް ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރު އޭއެފްސީކަޕުން ޖާގަ ލިބޭނެ އެވެ. އޭއެފްސީކަޕް ޖާގަ މިހާރު ކަށަވަރުކޮށްފައިވަނީ ދިވެހި ލީގް ޗެމްޕިއަން މާޒިޔާ އެވެ.