ކްރިސްޓިއާނާ ރޮނާލްޑޯ

މީ ފަހު ކޮންޓްރެކްޓެއް ނޫން، 41 އަހަރު ވަންދެން ކުޅޭނަން!

Nov 8, 2016
2

ރެއާލް މެޑްރިޑާއެކު އާކުރި ފަސް އަހަރު ދުވަހުގެ އެއްބަސްވުމަކީ އޭނާގެ ކެރިއަރުގެ ފަހު ކޮންޓްރެކްޓް ނޫން ކަމަށާއި އުމުރުން 41 އަހަރު ވަންދެން ކުޅެން ބޭނުންވާ ކަމަށް ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އާ އެއްބަސްވުމާއެކު 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލްގައި ރޮނާލްޑޯ މަޑުކުރާނެ އެވެ. އޭރު އޭނާގެ އުމުރުން ވަނީީ 36 އަހަރެވެ.

"އަހަރެން ބޭނުން ވަނީ މި ކުލަބުގެ ހުރެ އަަހަރެންގެ ކެރިއަ ނިންމާލަން،" ރެއާލްގެ ކޮންޓްރެކްޓް އާ ކުރުމަށް ރެއާލްގެ ސްޓޭޑިއަމް ސެންތިއާގޯ ބެރުނާބިއުގެ ޕްރެޒިޑެންޝިއަލް ބޮކްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

"މީ އަހަރެންގެ ފަހު ކޮންޓްރެކްޓެއް ނޫން އަހަރެން ބޭނުން މިގޮތުގައި ކުޅެން އަހަރެންގެ އުމުރުން 41 އަހަރު ވަންދެން، ނަމަވެސް މިވަގުތު އެންމެ މުހިންމު ކަމަކީ މީ. މިއީ އަހަންނާއި އަހަރެންގެ އާއިލާއަށް ވަރަށް މުހިންމު ވަގުތެއް." ރޮނާލްޑޯ ބުންޏެވެ. "އަހަރެން މިހުރީ ދުނިޔޭގެ އެއް ވަނަ ކުލަބު ގައި އަހަރެންގެ އިހްސާސްތަކަކީ ކޮބައިކަން އެންމެނަށް އެނގޭނެ އަހަރެން ބޭނުމީ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ކުރިއަށްދާން ރެއާލްގެ ޖޯޒީ އަހަރެން ލާން ބޭނުމީ ފަހްރުވެރި ކަމާއެކު އަހަރެން ޔަގީން ކުރަން ކުރިއަށް އޮތް ފަސް އަހަރު ވެސް އަހަރެން މަސައްކަތް ކުރި ގޮތަށް މަސައްކަތް ކުރަން ލަނޑުޖަހައި މުބާރާތްތައް ކަމިޔާބު ކުރަން."

މެންޗެސްޓާ ޔުނައިޓަޑުން 2009 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ރޮނާލްޑޯ ވަނީ ރެއާލްގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުނތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ރޮނާލްޑޯއަކީ ރެއާލްގެ "ދިރިހުރި ލެޖެންޑެއް" ކަމަށެވެ.

"އަހަރެން ހީ ނުކުރަން އެހާ ކުރު މުއްދަތެއްގެ ތެރޭގައި މިކުލަބުގެ އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއަށް ވެވޭނެ ކަމަކަށް،" ރޮނާލްޑޯ ބުންޏެވެ. "އެއްވެސް މީހަކަށް ނޭންގޭނެ ކުރިމަގުގައި ވާނެ ގޮތެއް އަހަރެން ބޭނުމީ މި ކުލަބުގައި ހުރެ އަހަރެންގެ ކެރިއާ ނިންމާލަން މިއީ އަހަރެންގެ އެންމެ ފަހު ކޮންޓރެކްޓެއް ނޫން،"