ސިއްހަތު

ކަފަބުރުން ކުދިންގެ ކަންފަތް ސާފު ކުރުމަކީ ގޯހެއް!

Nov 10, 2016

ކަންފަތުގައި ހެދޭ މަޑު ނުވަތަ އިއާވެކްސް އަކީ ގުދުރަތީ ނިޒާމްގެ ތެރެއިން ހެދި ބޮޑުވާއިރު، އުފެދެމުން އަންނަ އެއްޗެކެވެ. އިއާވެކްސްގެ ސަބަބުން ކަންފަތުގެ އެތެރެއަށް ހިރަފުސް ވަނަނުދީ ހިފަހައްޓަ އެވެ. އަދި އިއާވެކްސްގެ ސަބަބުން އިންފެކްޝަންތަކާއި ޖަރާސީމުތަކުން ދުރުކޮށްދެ އެވެ.

އެހެން ނަމަވެސް އަހަރުމެންނަށް ހީވެފައި އޮންނަނީ ކަންފަތުގައި އެތެރޭގައި ހުންނަ ވެކްސް އަކީ ސާފު ކުރަންޖެހޭ ހަޑި އެއްޗެއްގެ ގޮތުގަ އެވެ. އަދި މިހެންވެ ކަންފަތުގެ ތެރެއަށް ކަފަ ބުރު ލައި ސާފު ކުރެވޭ ގޮތްވެ އެވެ.

ކޮންމެ މީހެއްގެ ކަންފަތުގައި އިއާވެކްސް ހުންނާނީ ކަންފަތައް ބޭނުންވާ ވަރަށެވެ. ނަމަވެސް ބައެއް ހާލަތުގައި ބައެއް ކުދިންގެ ކަންފަތުގެ ތެރޭ އިއާވެކްސް އުފެދޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވެ އެވެ. މިހެންވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝަދު ހޯދަން ވާނެ އެވެ. އަދި އާންމުކޮށް ހުންނަން ޖެހޭ ވަރަށް ހުންނަ ކުދިންގެ ކަންފަތް ކަފަބުރު ބޭނުން ކޮންގެން ސާފު ކުރާކަށް ނުޖެހޭނެ އެވެ. ތެތް ޓިޝޫ (ވެޓް ވައިޕް) ނުވަތަ ކުޑަ ރުމާލެއް ކަހަލަ އެއްޗެއް ތެތްމާލުމަށްފަހު ކުދިންގެ ކަންފަތުގެ ބޭރު ސާފުކޮށްލެވިދާނެ އެވެ.

ކަންފަތުގައި ހެދޭ މަޑު ސާފުކުރުމަކީ ހެދޭ ގޯހެކެވެ. އަދި ގިނަ ކުދިންނަކީ ކަންފަތް ސާފުކުރަން ނުދީވޭތޯ ބަލާކުދިންނަށް ވާތީ ކަފަބުރު ބޭނުންކޮށްގެން ސާފު ކުރާއިރު، ފަހަރުގައި ކަންފަތުގެ އެތެރޭގައި ނޭގި ނަމަވެސް ކަފަބުރު ޖެހިދާނެ އެވެ. އޭގެ ސަބަބުން އިއާޑްރަމް އަށް ގެއްލުން ލިބި ފަޅައިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވީމާ ކަންފަތް ސާފު ކުރާއިރު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެވެ.