ހަބަރު

ކަރަންޓު ސާމާނުގެ އެނަލަސިސް ހަދަން ހަވާލުކޮށްފި

ރާއްޖެއަށް އެތެރެކުރާ ކަަރަންޓު ސާމާނުގެ ޓެކްނިކަލް އެނަލިސިސް އެއް ހަދަން ސީޑީއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި އެނަލިސިސް އަކީ ރާއްޖޭގައި އެނާޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމެއް ތައްޔާރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެނަލިސިސް އެކެވެ. އަދި 254،646 ރުފިޔާގެ މި މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައިކޮށް ނިންމަން ޖެހެ އެވެ.

މި މަސައްކަތް ހަވާލުކޮށް އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ އަބްދުލް މަތީނު މުހައްމަދު އެވެ. އަދި ސީޑީއީ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސަސްޓެއިނަބަލް ޑިވެލޮމްމަންޓް ކޮންސަލްޓަންޓް މަރިޔަމް ހަނާ ސައީދެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ މި އެނަލިސިސް އަކީ ކަރަންޓު ސާމާނުން ހަކަތަ ބޭނުންކުރާ މިންވަރު އަދި އެތަކެތީގެ އެފިޝެންސީ ހުރިމިންވަރު ދެނެގަތުމަށް ހަދާ އެނަލިލިސް އެއް ކަމަށެވެ. މި ދިރާސާއިން ލިބޭ މައުލޫމާތުގެ ބޭނުން ކޮށްގެން ރާއްޖޭގައި އެނާޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރުކުރެވޭނެ ކަމަށެވެ.

މި އެނަލިސިސް ގައި ރާއްޖޭގައި ގެންގުޅޭ ނުވަ ބާވަތެއްގެ ކަރަންޓު އާލާތް ހިމަނާފައިވެ އެވެ.

ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫއަކީ މިނިސްޓްރީއާއި އދ. ގެ ތިމާވެއްޓާބެހޭ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.