އޮފްބީޓް

ހުރިހާ ގައުމަކަށް އެންމެ އަަވަހަށް ދަތުރު ކުރާ އަންހެނާ!

Nov 11, 2016
1

މީހަކު ދުނިޔޭގެ 50 ގައުމަކަށް ދަތުރުކޮށްފީމޭ ބުނިފިއްޔާ އެވާނީ ވަރަށް މޮޅު ކަމަކަށެވެ. އަދި އެހެން މީހަކު ދުނިޔޭގެ 100 ގައުމަކަށް ދަތުރުކޮށްފައިވާނެއޭ ބުނުމުން އަދި ވަކިން މޮޅު ކަމެއް ކޮށްލެވުނީއެވެ. ނަމަވެސް މަދު ދުވަސްކޮޅެއް ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރު ކުރި އެންމެ ޒުވާން އަންހެން މީހާއޭ ބުނެފިއްޔާ މިއީ ތަފާތެކެވެ. ހަބަރު ވެސް ބަލައިލަން ޖެހެ އެވެ.

އުމުރުން 27 އަހަރުގެ ކަސަންޑްރާ ޑި ޕެކޮލް މިދިޔަ އަހަރު ޖުލައި މަހުން ފެށިގެން އޭނާ ވަނީ މިހާތަނަަށް 181 ގައުމުތަކަށް ދަތުރުކޮށްފަ އެވެ. އޭނާ ދަތުރު ނުކޮށް ބާކީ އޮތީ އެންމެ 15 ގައުމެވެ. އަދި އެ 15 ގައުމަށް ކުރިޔަށް އޮތް 40 ދުވަސް ތެރޭގައި ކަސަންޑްރާ ދަތުރުކޮށްފި ނަމަ ވޯލްޑް ރެކޯޑު ފޮތުގައި އޭނާގެ ނަން ލިޔާނެ އެވެ.

ކަސަންޑްރާގެ މި ދަތުރަށް އޭނާ ކިޔަނީ "އެކްސްޕެޑިޝަން 196" އެކެވެ. އަދި އޭނާ ދަތުރު ކުރަނީ ނޭޝަނަލް އިންސްޓިޓިއުޝަން ފޯ ޕީސް ތްރޫ ޓޫރިޒަމްގެ އެމްބަސިޑަރެއްގެ ގޮތުގައެވެ. ކަސަންޑްރާގެ މި ދަތުރަށް މިހާތަނަށް ވެސް ދެ ލައްކައެއްހާ ޑޮލަރު ހަރަދުވެއްޖެ އެވެ. ނަމަވެސް އެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސްޕޮންސަރުންނެވެ.