ދުނިޔެ

އަހަރެން މޮޅުކޮށް ދިނީ ޓްވިޓާ އިން: ޓްރަމްޕް

Nov 13, 2016

އިންތިހާބު ކާމިޔާބު ކުރުމުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރިޔަކަށްވީ ޝޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކެމްޕޭންތަކުން ކަމަށް އެެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސީބީއެސް އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ އޭނާ އާ ދެކޮޅަށް ކުރިއަށް ގެންދިޔަ އެންޓި ކެމްޕޭން ނިއުސް ކަވަރޭޖްތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި ސޯޝަލް މީޑިއާއިން ހައްސަކޮށް ޓްވިޓާ މެދުވެރިޔަކަށް ވެގެން ދިޔަ ކަމަށެވެ.

ނަމަވެސް އެމެރިކާގެ ރައީސް ކަމުގެ މަސްއޫލިއްޔަތާ ހަވާލުވާ ހިސާބުން ސޯޝަލް މީޑީއާ ބޭނުން ކުރުމުގައި ކޮންޓްރޯލް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފޭސްބުކް، އިންސްޓަގްރާމް، ޓްވީޓާ މެދުވެރިކޮށް 28 މިލިއަން މީހުންނާ ގުޅުން އޮތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އިއްޔެވެސް 100000 މީހުން ސޯޝަލް މީޑިއާގައި އޭނާއާ ގުޅުނު ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.