ހަބަރު

މާރާމާރީއާ ގުޅިގެން 20 މީހަކު ހައްޔަރުކޮށްފި

Nov 14, 2016
2

މިރޭ ހިންގި މާރާމާރީއާ ގުޅިގެން 20 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އިސްލާމިކް ޔުނިވާސިޓީ ކައިރީގައި ގްރޫޕަކުން މިރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލީ 18 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ އަށް މީހަކު ކަމަށެވެ. އެހެން ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ގޮތުން ފަހުން ހައްޔަރު ކުރެވުނު މީހުންނާ އެކު ޖުމްލަ 20 މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރަށް ތިން ސައިކަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް މާރާމާރީއެއް ވަނީ ހިންގައިފަ އެވެ.