ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖެއިން ނުފެންނަ ބާވަތެއްގެ ބޯވަދިލަ މަހެއް ބާނައިފި

Nov 14, 2016
2

ރާއްޖޭ ކަނޑުތަކުން ކުރިން ނުފެންނަ، ބޯވަދިލަ މަހުގެ ބާވަތެއް ކަމަށްވާ "ޑައިމަންޑް ބެކް ސްކުއިޑް" އެއް ރާއްޖޭގައި ބާނައިފި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެ މިނިސްޓްރީގެ ޓީމަކުން އަލަށް ޑައިމަންޑް ބެކް ބޯވަދިލަ މަހެއް ބާނައިފަވާ ކަމަށެވެ. މާލެ އަތޮޅު ތުލުސްދޫ ބޭރުން ބޭނި މި ބޯވަދިލަ މަހަކީ ރާއްޖޭގެ ކަނޑުން އާންމުގޮތެއްގައި ނުފެންނަ ބާވަތެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ލިބޭ ގޮތެއް ނުވި އެވެ.

ޑައިމޮންޑްބެކް ސްކްއިޑް 100 ސެންޓިމީޓަރަށް ދިގުވާ އިރު ގާތްގަނޑަކަށް 30 ކިލޯއާ ހަމައަށް ބަރުވާނެ އެވެ. އަދި މި މަހަކީ އާންމުކޮށް ޖަޕާންގެ ކަނޑުތަކުން ބާނާ މަހެކެވެ. ރާއްޖޭގައި އާންމުކޮށް ބާނަނީ އަލިކޮށް ފެންނަ އެއް ބާވާތެއްގެ ބޯވަ ދިލަމަހެވެ. އެއީ ގިނަ އަދަދަކަށް ރާއްޖެއިން ބޭނޭ ބާވާތެކެވެ.