ބޭރު ކުޅިވަރު

މެސީ އިސްވެ މީޑިއާ ބޮއިކޮޓް ކޮށްފި

Nov 16, 2016
1

އާޖެންޓީނާ ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ގައުމުގެ މީޑިއާތައް ބޮއިކޮޓް ކޮށްފިއެވެ.

މެސީ މިޑިއާތައް ބޮއިކޮޓް ކުރީ އާޖެންޓީނާގެ ގައުމީ ޓީމުގެ ފޯވަޑް އެޒިކްއެލް ލަވޭޒީ ޓީމުގެ ޓްރެއިނިން ބޭސްގައި މަރުޖުއާނާ ބޭނުން ކުރި ކަމުގެ ތުހުމަތު ކުރުމުންނެވެ.

"އެއްވެސް ގޮތަކަށް މީޑިއާއާ ވާހަަކަ ނުދައްކަން އަހަރެމެން ނިންމައިފިން ކަލޭމެންނަށް އެނގޭނެ ކީއްވެގެން ކަން،" އާޖެންޓީނާގެ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނާއެކު ހުރެ މެސީ ބުންޏެވެ.

"ވަރަށް ގިނަ ތުހުމަތުތައް ހުރި އެއްވެސް ވަރަކަށް އިހްތިރާމެއް ނެތް ޕޮޗޯ (ލަވޭޒީ) ގެ މައްޗަށް ކުރި ތުހުމަތުތައް ވަރަށް ސީރިއަސް"

ރޭ ގެ މެޗްގައި އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މެސީ ވަނީ މެޗްގައި ހިތްގައިމު ފްރީކިކަކުން ގޯލް ޖަހާފައެވެ. އަނެއް ދެ ގޯލް ޖެހީވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތު ތަކެއްގައެވެ. ދެވަނަ ލަނޑު ކާމިޔާބު ކުރީ ލޫކަސް ޑޭވިޑް ޕްރަޓޯއެވެ. ތިން ވަނަ ލަނޑު ޖެހީ އެންހަލް ޑީ މާރިއާއެވެ.

"އަހަރެމެންނަށް އެނގޭ ކަލޭމެން (ނޫސްވެރިން) ނުކުޅޭކަން ޑިސްރެސްޕެކްޓް ގޭމެއް، އަހަރެމެން ބަލަިވެއްޖެނަމަ އަހަރެމެންނަށް ފާޑުވެސް ކިޔަންވީ ނުވަތަ މޮޅު ވިޔަސް އަހަރެމެން ކުޅެނީ ރަނގަޅަށް ކަން ނުވަތަ ރަނގަޅަށް ނޫން ކަމަށް ވިޔަސް ފާޑު ކިޔަންވީ އެކަމަކު މިފަހަރު އެބެހުނީ ކުޅުންތެރިންގެ ޕާސަނަލް ކަންކަމާ." މެސީ ބުންޏެވެ.

"ކަލޭމެން (ނޫސްވެރިން) މިކަމެއް ނުހުއްޓަންޏާ އަހަރެމެން މިކަމެއް (ބޮއިކޮޓ ކުރުންް) ނުހުއްޓާނަން."

ޗައިނާގެ ހެބީ ފޯޓިއުންއަށް ކުޅެމުންދާ ލެވެޒިއާ ބެހޭގޮތުން އާޖެންޓީނާގެ ރޭޑިއޯ ސްޓޭޝަނެއްގެ ޖާނަލިސްޓަކު ޓްވިޓާގައި ބުނެފައިވަނީ ޓްރެއިނިން ކޭމްޕްގައި ލަވޭޒީ މަރުޖުއާނާ އަޅާފައިވާ ސިނގިރޭޓެއް ބުއި ކަމަށެވެ.

ނަމަވެސް ލަވޭޒީ ވަނި އެތުހުމަތުތައް ދޮގުކޮށްފައެވެ. "އެސްޓޭޓޭމްންޓްގެ ސަބަބުން އަހަރެންގެ މަސައްކަތަށާއި އާއިލާއަށް ސީރިއަސް ގެއްލުތަކެއް ލިބިއްޖެ" ލަވޭޒީ ބުނެފައިވެއެވެ.