އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ބައިނަލް އަގުވާމީ މަހާސިންތާ ހޮނިހިރު ދުވަހު

Nov 16, 2016

އިސްލާމީ ޔުނިވާސިޓީއިން ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މި މަހާސިންތާގައި ރާއްޖެ އަދި ދުނިޔޭގެ އެކިކަންކޮޅުތަކުން އިލްމުވެރިންނާއި ތައުލީމީ މުފައްކިރުންނާއި ތަޖުރިބާކާރުން ބައިވެރިވަޑައިގަންނަވަ އެވެ. މަހާސިންތާގެ ކީނޯޓް ސްޕީކަރުންގެ ގޮތުގައި ސައުދީގެ އިމާމް ނޮލެޖް މުހައްމަދު ބިން ސުއޫދު އާއި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ރެކްޓާ ޑރ. މުހައްމަދު ސައިދު އަލް އަލަމް އަލްޒަހްރާނީ އާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) ގެ ކޯޕަރޭޓް ކޮމިއުނިކޭޝަން އޮފީހުގެ ޑިރެކްޓަރު، ޕްރޮފެސަރު ޑރ. އައިނުލް ޖާރިއާ މައިދީން ވާހަކަ ދައްކަވަން ހަމަޖެހިފައިވާ ކަމަށް އައިޔޫއެމް އިން މައުލޫމާތުދެ އެވެ.

މި މަހާސިންތާގައި މެހެމާނުންގެ ގޮތުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިސްލާމް އިސްލާމްއާބާދުގެ ރައީސް ޕްރޮފެސާ އަހްމަދު ޔޫސުފް އަލީ ދްރަވީޝް އާއި ބުރުނާއީ ދާރުއްސަލާމުގެ ސުލްތާން ޝަރީފް އަލީ، އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިޔުޓީ ރެކްޓާ ޕްރޮފެސަރާ މުހައްމަދު ހުސައިން އަހްމަދު އަދި މީގެއިތުރުން އިސްލާމީ އެހެން ޔުނިވާސިޓީތަކުގެ އިސްވެރިން ބައިވެރިވެ އެވެ.

އައިޔޫއެމް އިން ބުނީ މި މަހާސިންތާގައި ޕްލިމިނަރީ ސެޝަންތަކަކާއި، ޕެނަލް ޑިސްކަޝަންތަކަކާއި، ޕެރެލަލް ޑިސްކަޝަން އަދި ވޯކްޝޮޕްތައް ކުރިއަށް ގެންދާނެ ކަމަށެ. ދެ ދުވަހުގެ މަހާސިންތާގައި ބައިވެރިވާން 239 ފަރާތެއް ރަޖިސްޓްރީވެފައި ވެއެވެ.