އިންޑަސްޓްރިއަލް ވިލެޖް

ބޮޑުތަކުރުފާނު މަގުން ތާރު އެޅިބައި ހުޅުވާލައިފި

Nov 17, 2016

މާލޭގައި ތާރު އަޅައިގެން ބޮޑުތަކުރުފާނު މަގުގައި ހެދި ބައި ހުޅުވާލައިފި އެވެ. ފުރަތަމަ ފަހަރަށް މާލޭގައި ތާރު އަޅައިގެން ހަދާފައި ވަނީ ހުޅަނގު ދެކުނުފަރާތުން ބޮޑު ތަކުރުފާނު މަގުގެ ބައެއްގަ އެވެ. -- އެއީ ކަޅުތުއްކަލާ ކޮށިން ފެށިގެން މެރީބުރައުންއާ ހަމައަށެވެ --

މަގުގެ އެ ބައި އާންމުކޮށް ހުޅުވާޅުމަށްގަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ މާލޭގައި ބިން ހިއްކައިގެން އަލަށް ތަރައްގީ ކުރަމުން އަންނަ ސިނާއީ އަވަށުގެ މަގެއް ގޮތުން ބޭނުންކުރަން ބޮޑުތަކުރުފާނު މަގުގަ ތާރު އަޅާ ފައިވާ ސަރަހައްދު އާމުންނަށް ހުޅުވާލާފައިވާ ކަމަށާއި އެ ބައި ހުޅުވާލީ ޓުރަފިކަށް ލުޔެއް ދޭން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މިއަދު ތިން އަހަރު ފުރިފައިވާ ސަރުކާރުން ނިންމާފައި ވަނީ މާލެ ވަށައި ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތާރު އެޅިމަގެއްގެ ގޮތަށް ބަދަލު ކުރާށެވެ. ފުރަތަމަ ތާރު އެޅިބައި ހުޅުވާލި އިރު އިއްޒުއްދީން މަގު ވެސް ވަނީ ހުޅުވާލާފަ އެވެ.