- އައިޑޮލް އަށް ފަހު ވެސް އާދައިގެ ދިރިއުޅުމެއް
- ހިތްހަމަޖެހެންދެން އަދިވެސް ބޭނުންވަނީ ދަސްކުރަން
- މީރާ އެއީ އެއް ވަނަ، ދެ މީހުންގެ ލަވައެއް އަތުވެދާނެ
ފާލިހްގެ 20 ވަނަ އުފަން ދުވަސް އައީ އެއަށް ވުރެ ބޮޑު ސަޕްރައިޒަކާއި ބުރައެއް ނުވަތަ އުފާވެރިކަމެއް ވެސް ގޮވައިގެންނެވެ. ކުއްލިގޮތަކަށް މަންމަ ނިޔާވުމުން ފާލިހަށް ޖެހުނީ ކުއްލި ގޮތަކަށް ކައިވެނި ވެސް ކުރާށެވެ. އެގޮތުން، އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖާއާ ކައިވެނިކުރީ ބައްޕަ އެކަމަށް އެދި ކިޔާވަރުންނެވެ.
ކައިވެނީގެ ގޮށް ޖެހީ ފާލިހްގެ އުފަން ދުވަހު އެވެ. އެނިވާސަރީ ޑޭޓު ހަރާބުކޮށްލީނޫން ހެއްޔޭ ފާލިހާ ސުވާލުކޮށްލުމުން އޭނާ ޖަހާލީ ލާނެތް ހިނިގަނޑެކެވެ.
މިއީ މިހާރު އޭގެ ހަތް އަހަރު ފަހެވެ. އަބްދުﷲ ފާލިހްގެ ދިރިއުޅުން މިއަދު މި ވަނީ އެއްކޮށް ބަދަލުވެފަ އެވެ. އެކަމަކު އެ ލާނެތްކަމަކަށް އަދިވެސް ބަދަލެއް އައިހެނެއް ހީއެއް ނުވެ އެވެ.
މޯލްޑިވިއަން އައިޑޮލްގެ އަލަތު ސީޒަނުން މުޅި ރާއްޖެ އަށް މަޝްހޫރުވެގެން ދިޔަ މި ލަވަކިޔުންތެރިޔާގެ ވާހަކަ މި ދުވަސްކޮޅު އެންމެން ވެސް ދައްކަނީ ރާއްޖޭގެ ވަރަށް މަޝްހޫރު އެހެން ލަވަކިޔުންތެރިއެއްގެ ނަމާ ގުޅުވައިގެންނެވެ. ހިތާއި ހިތުގެ ގުޅުމެއް ފައްކާވެ ނިމިއްޖެ ކަމުގެ ވާހަކައިގެ އަޑު ވަރަށް ވެސް ގަދަ އެވެ. ނަމަވެސް އައިޑޮލްގެ ފަސް ވަނަ ގެންދިޔަ މި ކުޅަދާނަ ލަވަކިޔުންތެރިޔާ މުހިންމުވާ ސަބަބުތައް ބައިވަރެވެ.
އެ ހުރިހާ ވާހަކަ އަކާއި މަޝްހޫރު ލަވަކިޔުންތޔެރިޔާ މީރާ މުހައްމަދުއާ ދެމެދު އޮތް ކަމަށް ބުނެވޭ ގުޅުމުގެ އަސްލު ވެސް ކިޔައިދޭނީ ތިރީގައި މި އޮތް އަވަސް ވީކެންޑް އިންޓަވިއުގައި ފާލިހް އެވެ.
އެކަމަކު އޭގެ ކުރިން އެންމެ ފުރަތަމަ ވެސް ހިނގާ އަޕްޑޭޓަކުން ފަށައިގަންނަން. ފާލިހްގެ އަޑަށާއި ލަވަތަކަށް ލޯބިކުރާ މީހުންނަށް އޮތް އުފާވެރި ޚަބަރަކުން؟
"އަޕްޑޭޓަކަށް ދާ ނަމަ، ވާހަކައަކީ އަދި ލަވައެއް އެއްޗެއްގެ އެއްވެސް މަސައްކަތެއް އަދި ނުކުރަން. އަސްލުވާގޮތަކީ، އަޅުގަނޑު (އައިޑޮލްގައި) ބައިވެރިވިއިރު ވެސް ބުނިން ދޯ ޕްރޮމޯޝަނަލް އެކްޕޯޝާއޭ ބޭނުމީ. ލަވަކިޔުން ޕްރޮފެޝަންއަކަށް ހަދައިގެން އާމްދަނީއެއް ހޯދަން ބޭނުންވަނީ"
"އައިޑޮލްގެ އެގޮތަށް ބައިވެރިވެލީމަ އެނގުނީ އަދި ދަސްކުރަން ޖެހޭ އެއްޗެހިތައް ބައިވަރު އެބަހުރިކަން. ހަމަ މިހެން ހުރެލާފައި ގޮސް ލަވައެއް ނުކިޔޭނެކަން"
"އެހެންވީމަ އަދި އަމިއްލަ ލަވައެއް ކަހަލަ މަސައްކަތެއް ނުކުރަން އަޅުގަނޑެއް. އެކަމަކު އަޅުގަނޑު އަދިވެސް ދަސްކުރަނީ. މިހެން އުޅެލާފައި މަދުމަދުން، ރިސޯޓް މިއުޒިކަށް ވެސް ދަން. ވެޑިންސްތަކުގައި ވެސް ކުޅެން. އަދިވެސް ބޭނުންވަނީ އިތުރަށް ދަސްކުރަން، ކުރިއަށް ދާން.
އަމިއްލަ ލަވަތަކެއް ނުފެންނާނެއެކޭ ނޫން. އަދި ނެތީ."
އައިޑޮލް އިން މަޝްހޫރުވި ބައެއް ލަވަކިޔުންތެރިން ބުނޭ އެ ޕްލެޓްފޯމަކީ މާ ބޮޑު ފައިދާތަކެއް ކުރި ތަނެއް ނޫނޭ. ކޮބައިތަ ފާލިހްގެ ތަޖުރިބާ އިން ކިޔައިދޭނެ ވާހަކަ އަކީ؟
"މޯލްޑިވިއަން އައިޑޮލް އަކީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބައިވަރު އެއްޗެހި ދަސްވެ ގިނަ ކަންކަމެއް އެނގިގެން ދިޔަ ތަޖުރިބާއެއް އަޅުގަނޑަށް. ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހުނު. އެއަށް ފަހު މިހާރު ފުރުސަތު ނުލިބެނީކީއެއް ނޫން. ފުރުސަތު ލިބޭ. އަދި އައިޑޮލް ނިމިގެން އުޅުނު ދުވަސްކޮޅު ވަރަށް ބައިވަރު ކަންތައް އޮވޭ. ހެނދުނު ހޭލައިގެން ކުރަން ޖެހޭ ކަންތައްތައް ހަނދާން ނެތޭ ވަރަށް ގިނަ"
"މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވީމަ، ވަރަށް ގިނަ ބަޔަކަށް އެނގި، މަގްބޫލުކަން ލިބިގެންދޭ. ވަރަށް އުފާވޭ އެގޮތަށް ގުޑް ކޮމްޕްލިމެންޓްސް ލިބުނީމަ އާންމުންގެ ފަރާތުން. އެގޮތަށް އާންމުންގެ ތެރޭގައި ޝޯ އިން މަޝްހޫރުވުމަކީ އިތުރު ފުރުސަތުތަކަށް ހުޅުވޭ ދޮރެއް. އެއީދޯ އޭގެ ފައިދާއަކީ"
"ދެން އެއަށް ފަހު އޮންނާނީ އަޅުގަނޑު އަމިއްލަ އަށް ކުރި މަސައްކަތެއް. މިހާރު މި އޮތީ އައިޑޮލް އިން ފައުންޑޭޝަން އެޅިފަ. ކުރިން ފާލިހް އަކީ ފާލިހް. މިހާރު އެންމެނަށް އިނގޭ ފާލިހް."
އަނެއްކާވެސް މޯލްޑިވިއަން އައިޑޮލްގެ އާ ސީޒަނަކަށް ރާއްޖެ މި ދަނީ ތައްޔާރުވަމުން. ވަރަށް ގިނަ އާ މޫނުތަކެއް ފެނިގެންދާނެ ކަމަށް ބެލެވޭއިރު، ޝޯގައި ބައިވެރިވާ އާ ކުދިންނަށް ފާލިހް ބުނެލަން ބޭނުންވަނީ ކީކޭ؟
"އަލަށް ބައިވެރިވާ ކުދިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ވަރަށް މަސައްކަތްކުރައްޗޭ. ވަރަށް ފޯކަސްވައްޗޭ. އޭތި ގެއްލޭ ހިސާބު އެއީ ހަމަ ވާހަކަ އަކީ ކިތަންމެ ހިތްވަރެއް ހުއްޓަސް އެ ސާކަލް ތެރެއަށް އެރީމަ ފިނިނުވާނެ ނުހުންނާނެ ހަމަ އެކަކު ވެސް. ކިތަންމެ ކޮންފިޑޭންސާއެކު އެރިޔަސް ފިނިވޭ"
"ވަރަށް މަސައްކަތްކުރަން ޖެހޭނެ. އެއީ ވަރަށް ބޮޑު ޖާނީއެއް. އޮޑިޝަން ނިމިފައި ތިއޭޓާ ރައުންޑަށް ގޮސް ލަވަކިޔަން ފަށާ ކުދިންނަށް އެނގޭނެ މިއީ ކިހާ ވަރެއްގެ ކަމެއްކަން."
މިކަހަލަ ބޮޑު ޝޯއެއް އައިސްގެން އުޅޭއިރު، އޮޑިޝަންތަކުގައި އެންމެން ވެސް އަލީ ރަމީޒުގެ ލަވަކިޔާ އަޑު އިވެނީ. މިދިޔަ ސީޒަނުގައި ވެސް އަދި ފާލިހްމެން ވެސް ފެނުނީ އެގޮތަށް. އެއީ ކީއްވެގެން ކަމަށް ގަބޫލުކުރެވެނީ؟
"އަޅުގަނޑަށް ހީވަނީ އަލީ ރަމީޒުގެ ހަމަ އެހާ ރީތި ލަވަހުރީމަހެން. ޕާސަނަލީ އަޅުގަނޑަށް ވާގޮތަކީ، އަޅުގަނޑަށް ވަރަށް ކަމުދޭ ކުރީގެ ހިންދީ ލަވަތައް. އަޅުގަނޑުގެ އެންމެ ފެވަރިޓް އެކަކު އެއީ ކިޝޯރު ކުމާރު. ދެން މިސާލަކަށް އަޅުގަނޑު އޭގެ ދިވެހި ލަވައެއްކިޔަން ބަލާއިރު އެކަހަލަ ރީތި ލަވަތަކުގެ ގިނަ ދިވެހި ލަވަތައް ކިޔާފައި ހުންނަނީ އަލީ ރަމީޒު. އަޅުގަނޑަށް ރީތި ކުރީގެ ރީތި މެލޮޑީތަކަށް ވެސް ލަވަކިޔާފައި ހުންނަނީ އަލީ ރަމީޒު. ދެން އަލީ ރަމީޒަކީ ހަމަ ވަރަށް މޮޅު ލަވަކިޔުންތެރިއެއް އެކަމަކާ ޒުވާބެއް ނުކުރެވޭނެ"
"އަޅުގަނޑަކީ ވެސް އަލީ ރަމީޒުގެ ފޭންއެއް."
ދެން ހިނގާ ކޮންމެވެސް ވަރަކަށް ޕާސަނަލް ލައިފްގެ ވާހަކަތަކަށް ޖެހިލަމާ. ކުރިން ޅަ އުމުރުގައި ކައިވެނިކޮށްފަ، ޑިވޯސްވެފަ، ދިރިއުޅުގައި ތަފާތު ތަޖުރިބާތަކެއް ކުރެވިފައި ހުރީމަ، ހަމަ އަހާލާ ހިތްވަނީ، އެހާ ޒުވާން އުމުރުގައި މެރީކުރުމަކީ ކޮން ކަހަލަ ކަމެއްތޯ؟
"ޒުވާން އުމުރުގައި ކައިވެނިކުރުން އަޅުގަނޑު ނުބުނާނަން ގޯސްކަމެކޭ. އެކަމަކު އަޅުގަނޑުގެ އެ މެރިޖު އައީ ހާލާތުތަކެއް މެދުވެރިގެން. އަޅުގަނޑު އިނީ ވަރަށް ޅަ އުމުރުގައި. އެކަމަކު ކަންތައްތަކެއް ދިމާވެގެން. މަންމަ ވެސް ނިޔާވުމާއި އެކު ދިރިއުޅުން ވެސް ހުރި ގޮތުން. އަޅުގަނޑު ނުއިންނާކަށް ނޫން. އިންނަ ހިތުން އިނީ ވެސް. އެކަމަކު އަޅުގަނޑަށް އެހެން ދިމާވިޔަސް އެންމެނަށް އެ ހާލެއް ނުޖެހިދާނެ. އޭގައި އިންނާނީ މެނޭޖުކުރަން އެނގުން."
ދިވެހި ސިނަމާގެ ކުޅަދާނަ އެކްޓަރު ޖިމީއާ ވެސް ވައްތަރޭ ބުނޭ. އެކަމަކު ހޮލީވުޑްގެ އެކްޓަރު ޖޮނީ ޑެޕާ އަދި މާ ބޮޑަށް ވެސް ވައްތަރޭ ބުނެވޭ. ފާލިހަށް ހީވަނީ ކިހިނެތް؟
"މީހުން ބުނޭ ޖޮނީ ޑެޕާ ވައްތަރު ވާހަކަ. މިހާރަކު ނޫން. ވަރަށް ކުރިން ވެސް ބުނޭ. އަޅުގަނޑު އެއާ ޕޯޓުގެ މޫންއެން ޕިކްގައި މަސައްކަތްކުރިއިރު ވެސް މީހުން ކިޔާނެ އެހެން. އޭރު އެތަނުން ދިމާވާ ގެސްޓުން ވެސް ބުނާނެ ކަލޭ ހާދަ ވައްތަރޭ ޖޮނީ ޑެޕާ. ދެން އައިޑޮލްގައި މާ ބޮޑަށް ވައްތަރުވީ"
"އެކަމަކު ޖޮނީ ޑެޕް ހެދިގެން އުޅޭ މީހެއް ނޫން އަޅުގަނޑަކީ. މީހުން ދެން ވައްތަރޭ ބުނީމަ ކުޑަކޮށް ފޮނިވާނެ ދޯ، ޖޮނީ ޑެޕް ވިއްޔާ." (ސަމާސާރާގެއްގައި)
ދިވެހި އަންހެން ލަވަކިޔުންތެރިންގެ ލިސްޓެއް ތަރުތީބުކުރާ ނަމަ މީރާ މުހައްމަދު ހިމެނޭނީ ފާލިހްގެ ލިސްޓުގެ ކިތައް ވަނާގައި؟
"އިރާދަކުރެއްވިއްޔާމު މީރާއާ އެކު ލަވައެއް (އަޑުއިވިގެންދާނެ) ކުރިއަށް އޮތް ތަނުގައި. ފެނިގެންދާނެއެއް ނޫން، ފެންނާނެ ދެން. އެކަމަކު އަދި އެފަދަ މަސައްކަތެއް ނުކުރެވޭ."
އެހެންވީމަ މީރާ އާއި ފާލިހްގެ ޑުއެޓް ރިކޯޑިންއެއް ކިހާ ހިސާބެއްގައި އަޑު އިވިދާނެ ކަމަށް ލަފާކުރެވެނީ؟ މީރާއާ އެކު ލަވައެއް ރިކޯޑްކުރުމުގެ ވިސްނުމެއް އެބަ ގެންގުޅެންތަ؟
"އިރާދަކުރެއްވިއްޔާމު މީރާއާ އެކު ލަވައެއް (އަޑުއިވިގެންދާނެ) ކުރިއަށް އޮތް ތަނުގައި. ފެނިގެންދާނެއެއް ނޫން، ފެންނާނެ ދެން. އެކަމަކު އަދި އެފަދަ މަސައްކަތެއް ނުކުރެވޭ."
ދެން މި އޮތީ ވަރަށް ބޮޑު ސުވާލެކޭ. މި ދުވަސްކޮޅު އެންމެން ވެސް ކިޔާ އަޑު އިވެނީ ފާލިހް އާއި މީރާ އަކީ މިހާރު ދެ ބިޓުންނޭ. ދެ މީހުންނާ ގުޅުވައިގެން މީހުން ދައްކާ ވާހަކަ އަށް ބުނެލަން ބޭނުންވަނީ ކީކޭ؟
"ފާލިހް އާއި މީރާގެ ރިލޭޝަންޝިޕް ސްޓޭޓަސްއާ ބެހޭ ގޮތުން އެއްޗެކޭ ބުނަންޏާމު ފާލިހް ބުނާނީ ދެން ދެ މީހުން އެއްކޮށޭ މި އުޅެނީ. ސިންގަލްއެއް ނޫނޭ މިހާރަކު. އެއްކޮށް މި އުޅެނީ."
އަނެއްކާ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްތަ؟ ކައިވެނީގެ ވިސްނުމެއް އެބަ ގެންގުޅެންބާ؟
"ތިޔަކަށް އަޅުގަނޑެއް ޖަވާބެއް ނުދޭނަން. ގޯސްވާނީ. ނުދޭނަށް ޖަވާބެއް. ސީދާ އިންކާރު." (ސާމާސާ ރާގަކަށް، ހިނިގަނޑަކަށް ބިނދިބިނދިފައި)
އޯކޭ. އެހެންވީމަ އެހެން ސުވާލެއް. އިން އަ ރިލޭޝަންޝިޕްތަ، ސިންގަލް ލައިފްތަ ނުވަތަ މެރިޑް ލައިފްތަ، މި ތިން އިހްތިޔާރުން ނަގާނީ ކޮން ކަހަލަ ދިރިއުޅުމެއް؟
"އަޅުގަނޑު ޗޫޒްކުރާނީ މެރިޑް ލައިފް. އެއީ ދެން ރަނގަޅު ގޮތަކީ. މީހަކާ އެކު އުޅެންޏާމު އެންމެ ރަނގަޅު ގޮތަކީ ފުލީ އެއަށް ޑިވޯޓްވުންހެން އަޅުގަނޑަށް ހީވަނީ ރަނގަޅު ގޮތަކީ. އެހެންވީމަ އަޅުގަނޑު ޗޫޒްކުރާނީ، މެރިޑް ލައިފް."
ފާލިހާއެކު އުޅުނު އެއްވެސް އަންހެން ކުއްޖަކަށް ބުނެވިދާނެތަ، ތިމަންނަމެންގެ ރިލޭޝަންޝިޕް ހަލާކުވީ ފާލިހާ ހެދިއޭ؟
"އެއްވެސް އަންހެން ކުއްޖަކަށް ނުބުނެވޭނެ ފާލިހަކީ ބޭވަފާތެރިއެކޭ. ސީދާ ހަމަ ދިމާލަށް ޗެލެންޖުކޮށްފައި މި ބުނަނީ، އެހެނެއް ނުބުނެވޭނެ. ނޯންނާނެ އެކަހަލަ އެއްވެސް ކަމެއްކޮށްފައެއް. ވަރަށް ގެރެންޓީއާއެކު މި ބުނަނީ."
- ފޮޓޯގްރެފީ އަދި ރީޓަޗިން: ސޮއްޓި
- އެސިސްޓެންސް: މަސްރަހް
- މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
- ވޯޑްރޯބް: ޒީ ބުޓީކް
- ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު/އަވަސް