ބޮލީވުޑް

ސްރިދޭވީގެ ދަރިފުުޅު ބޮލީވުޑަށް ނިކުންނަނީ ކަރަންގެ ފިލްމަކުން

Nov 20, 2016

މިފަހަކަށް އައިސް ބޮލީވުޑްގައި އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިން ފިލްމޫ ދާއިރާއަށް ނިކުންނަށް ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަ އެވެ.

ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕުރު ބޮލީޫވުޑަށް ނިކުންނަށް އޭނާ އަންނަނީ ތައްޔާރުވަމުންނެވެ. ޑިކްޝަން ކްލާސްތަކާއި ޑާންސް ކްލާސްތަކުގައި ޖާންވީ ބައިވެރިވަމުން އަންނައިރު އޭނާ ބޮލީވުޑަށް ނިކުންނަނީ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމަކުންނެވެ.

އަލަށް ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަ އެކްޓަރުންގެ ދަރިންގެ ތެރެއިން ޖާންވީގެ ވާހަކަ އަކީ އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކަ އެވެ.

ކަރަން އުފައްދާ ފިލްމަކުން ޖާންވީ ބޮލީވުޑަށް ތައާރަފުވާނެކަން ޔަގީންކޮށްދެމުން ބައްޕަ، ބޮނީ ކަޕޫރު ދަރިފުޅު ޖާންވީ ފިލްމީ ދާއިރާ އަށް ނެރެން ކަރަން އާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ޖާންވީ ފުރަތަމަ ކުޅޭ ފިލްމަކީ ކޮންމެ ފިލްމެއްކަން އަދި ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ
ކަރަން މިފަހުން ހިންދީ ރީމެކްއެއް ހެދުމަށް ރައިޓް ގަނެފައިވާ މަރާތީ ފިލްމު "ސައިރަތް" އިން ޖާންވީ ބވޮލީވުޑަށް ތައާރަފުވާނެ ކަމަށް ބުނެފަ އެވެ.

އަންނަ އަހަރުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު ބަތަލުގެ ރޯލުން ފެނިގެންދާނެ ތަރިއެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މިފަހަކުން ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާނެ ތަރިންގެ ތެރެއިން އާލިއާ ބަޓް އާއި ވަރުން ދަވަން އަދި ސިދާތް މަލްހޯތުރާ އަކީ ކަރަން ބޮލީވުޑަށް ނެރެދިން ތަރިންނެވެ.

ޖާންވީ އަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް މަޝްހޫރު މޫނެކެވެ.