ބޮލީވުޑް

މަލައިކާ އާއި އަރްބާޒް ވަރިވުމަށް އެދި ކޯޓަށް

Nov 21, 2016

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އަރްބާޒް ޚާން އާއި އަންހެނުން މަލައިކާ އަރޯރާ ޚާންއާ ދެމެދު މައްސަލަތަކެއް ޖެހި، އެދެމީހުންގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެންނެވެ.

އޭގެފަހުން އެދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަތައް ހައްލުވެ، އަލުން ގުޅުނު ކަމުގެ ވާހަކަތައް ވެސް ދެކެވުނު ނަމަވެސް އެންމެފަހުން މަލައިކާ އާއި އަރްބާޒް މިވަނީ އެދެމީހުންގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމާފަ އެވެ. އެގޮތުން މިދިޔަ ހަފްތާ އަރްބާޒް އާއި މަލައިކާ ވަނީ ވަރީގެ ކަންކަން ނިންމުމަށް ކޯޓަށް ގޮސްފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން އެދެމީހުން ވަނީ މިދިޔަ ހަފްތާގައި އެމީހުންގެ ލޯޔަރުންނާއެކު ކޯޓަށް ވެސް ހާޒިރުވެފަ އެވެ.

ދެމީހުންގެ ދެމެދުގައި ހުރި ހިޔާލު ތަފާތުވުންތަކުން ޖެހޭ މައްސަލަތައް ހައްލުނުވުމުގެ ސަބަބުން 18 އަހަރުވީ ކައިވެނި ނިންމާލަން ނިންމާފައިވަނީ މާޗް މަހުގެ ތެރޭގަ އެވެ.

ކައިވެނި ނިމުމަކަށް ގެނެސް މަލައިކާ އެމީހުންގެ 14 އަހަރުގެ ފިރިހެން ދަރިފުޅާއެކު ވަކިން ދިރިއުޅެން ފަށާފަ އެވެ.

މަލައިކާ އާއި އަރްބާޒްއާ ދެމެދު މައްސަލަތައް ޖެހި ވަރިވާން ނިންމުމުން އެދެމީހުން ސުލްހަކުރަން އަރްބާޒްގެ އާއިލާއިން ވަރަށް މަސައްކަތްކޮށްފައިވާއިރު، އެދެމަފިރިން ސުލްހަކޮށް އަލުން ގުޅުވަން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ އަރްބާޒްގެ ބޭބެ ސަލްމާން ޚާން އެވެ.

އަރްބާޒް އާއި މަލައިކާގެ 18 އަހަރުވީ ކައިވެނި ނިމުމަކަށް އައުމުގެ އެންމެ ބޮޑު އަސްލަކީ އަރްބާޒް އާއި އެހެން ބަތަލާ ހުމާ ގުރެއިޝީއާ ދެމދު ގާތްގުޅުމެއ އުފެދުމުގެ ސަބަބުން ކަމަށް އަޑުތަކެއް ވަނީ އަރާފަ އެވެ. މަލައިކާ އާއި އަރްބާޒް ވަކިވެ، މަލައިކާ ވަކިން ދިރިއުޅެން ފެށިފަހުން އޭނާ އާއި އެކްޓަރު އަރްޖުން ކަޕޫރާ ދެމެދު ގާތްގުޅުމެއް އުފެދިފައިވާ ކަމަށްވެ އެވެ. އަދި މިފަހަކަށް އައިސް އެކި ފަހަރު މަތިން އަރްޖުން މަލައިކާ ދިރިއުޅޭ އެޕާޓްމަންޓުން ނިކުންނަނިކޮށް ފެނިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.