އިލްހާމް އަހުމަދު

އިގްތިސޯދީ ކޮމެޓީގެ މުގައްރިރަކަށް އިލްހާމް ހޮވައިފި

Nov 21, 2016
2

ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގެ މުގައްރިރު ކަމަށް ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޮވައިފި އެވެ. އެ ކޮމެޓީގެ މުގައްރިރު ކަމަށް އިލްހާމް ހޮވީ ކޮމެޓީގެ އަގުލައްބިއްޔަތު ވޯޓުންނެވެ.

އިލްހާމަށް ވޯޓް ނުދެއްވަނީ 11 މެންބަރުން ތިއްބަވާ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕގެ ތިން މެންބަރުންނެވެ. މި ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮވާފައި ވަނީ މެންބަރު މުހައްމަދު އިސްމާއީލެވެ. ކޮމެޓީގެ މުގައްރަރިކަށް ކުރިން ހުންނަވަނީ ޑރ. އަބްދުﷲ ހަލީލެވެ.

އިގްތިސޯދީ ކޮމެޓީގެ މުގައްރިރު ކަމަށް މިއަދު ވަޑައިގެންނެވި އިލްހާމަކީ ޕީޕީއެމްގެ ޕާލިމެންޓްރީ (ޕީޖީ) ގެ ޑެޕިއުޓީ ލީޑަރު ވެސްމެ އެވެ. އޭނާއަކީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމާއި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމް މީގެ ކުރިން އަދާ ކުރެއްވުމަށް ފަހު ޖޭޕީއާ ގުޅި ވަޑައިގެން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި މަސައްކަތް ކުރައްވާ އަލުން ޕީޕީއެމާ ގުޅި ވަޑައިގެންނެވި ބޭފުޅެކެވެ.

ޕީޕީއެމް އުފެއްދުމުގައި ރައީސް ޔާމީނާއެކު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިލްހާމް ޖޭޕީގައި ހުންނެވުމަށްފަހު ޕީޕީއެމާއި ގުޅިފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ޑީއާރްޕީގެ ޒެޑް ފެކްޝަންގައި އެންމެ ބޮޑަށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް އިލްހާމް ހިމެނި ވަޑައިގަންނަވަ އެވެ.