ދީން

މުފްތީ މެންކު ތަގުރީރުގެ ސީޑީ ނެރެނީ

Nov 22, 2016

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ދެއްވި ތަގުރީރުގެ ސީޑީ ނެރެން ނިންމައިފި އެވެ. މުފްތީ ތަގުރީރު ކުރެއްވީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިޖްތިމާއި ގޮތުން ދުޅަހެޔޮ މުޖުތަމައެއް ގާއިމްކުރަން ކުރާ މަސައްކަތްތަކަށް އެހީތެރިވާން ޖަމިއްޔަތުއް ރަހުމާ އިން ކުރިއަށް ގެންދާ އިލްމްޓޯކް 2016 ގަ އެވެ.

ޖަމިއްޔަތުއް ރަހުމާއިން ވަނީ ތަގުރީރުގެ ސީޑީއެއް މުފްތީ މެންކަށް ވެސް އަރުވާފަ އެވެ. އަދި އެ ޖަމިއްޔާއިން ބުނީ، ވަރަށް އަވަހަށް އެ ސީޑީ އާންމުންނަށް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށެވެ.

މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން ޔޫތު ލީގް (މައިލް) އާއި އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑިއަން ޔޫނިއަން އަދި ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑިއަންޓް ޔޫނިއަން އާ ގުޅިގެންނެވެ.