ހޮލީވުޑް

މާޓިން ސްކޯސޭޒީގެ ސައިލެންސް: ފުރަތަމަ ޓްރެއިލާ

Nov 23, 2016

އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު މާޓިން ސްކޯސޭޒީގެ އާ ފިލްމަކަށް ސިނަމާތައް ތައްޔާރުވަނީ އެވެ. އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ޕްރިމިއާކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ "ސައިލެންސް" އެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާ މި ވަނީ އިއްޔެ އާންމުކޮށްފަ އެވެ.

މި ފިލްމަކީ ޖަޕާނުގެ ލިޔުންތެރިއެއް ކަމުގައިވާ ޝުސާކޯ އެންޑޯ 1966 ވަނަ އަހަރު "ސައިލެންސް" ގެ ނަމުގައި ނެރުނު ތާރީޚީ ވާހަކައެއްގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ޒުވާން ދެ ފާދިރީއަކު އެމީހުންގެ އިސް ފާދިރީ ހޯދުމަށް ކުރާ ދިގު އަދި ވޭނުންފުރިފައިވާ ދަތުރެކެވެ.

ފިލްމުގައި ލީޑް ރޯލުތައް ކުޅެފައި ވަނީ ލިއަމް ނީސަން އާއި އެންޑްރޫ ގާފީލްޑް އަދި "ސްޓާ ވޯސް" އިން މިފަހުން މަޝްހޫރުވެގެން ދިޔަ އެޑަމް ޑްރައިވާ އެވެ.