ހޮލީވުޑް

ސްމާފްސް: މިފަހަރު ގޮތްނޭނގޭ ވިލެޖެއްގެ ތެރެއަށް

Nov 24, 2016

އިސްކޮޅުން ކުރެ އެވެ. މުޅި ހަށިގަނޑުހުރީ ނޫކުލައިގަ އެވެ. ލައިގެން ހުރީ ހަމައެކަނި ހުދުކުލައިގެ ހަރުވާޅެކެވެ. އުނަގަނޑުން މަތި ނިވާވެފައިވަނީ ބޮލުގައި އަޅާފައި އޮތް ހުދު ތޮފިންނެވެ. އެއްވަށްތަރަކަށް އެންމެން ތިބި ނަމަވެސް ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. މިއީ ކުދި ސްމާފްސް ތަކެވެ. މި ފަހަރު މި ގުރޫޕް ވިލެޖެއްގެ ތެރެއަށް ގެއްލެނީ އެވެ.

މި ދައްކަނީ ސޮނީ ޕިކްޗާސް އެނިމޭޝަނުން އަންނަ އަހަރުގެ އޭޕްރިލްގައި ރިލީޒް ކުރުމަށް ޝެޑިއުލް ކޮށްފައިވާ "ސްމާފްސް: ދަ ލޮސްޓް ވިލެޖް" ގެ ވާހަކަ އެވެ. މި ކާޓޫންގެ ޓްރެއިލާ މިހާރު މިވަނީ ލޯންޗުކޮށްފަ އެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި ސްމާފްސްތައް ދަނީ އެމީހުންނާ ވައްތަރު އެއްޗެއް ފެނިގެން އެއީ ކޯއްޗެއްތޯ ހޯދާށެވެ. ގޮތް ނޭންގޭ ވިލެޖެއްގެ ތެރެއަށް ސްމާފްސްތައް ގޮސް ގެއްލޭއިރު، ތަފާތު އެކި ކަހަލަ ކަންތައްތަކާދިމާވެ އެވެ.