ހޮލީވުޑް

"ލަޔަން" ގައި ސިއާގެ ބޮލީވުޑްގެ ރަހަތައް ހިމެނޭ ލަވައެއް

Nov 24, 2016

ސްލަމްޑޯގް މިލިއަނާރ އިން މަޝްހޫރުކަން ހޯދާފައިވާ ޑޭވް ޕަޓެލް ލީޑް ރޯލު ކުޅެފައިވާ ފިލްމު ލަޔަންގައި ހިމެނޭ ސިއާގެ "ނެވާ ގިވަޕް" އަޑުއެހިން ހެއްޔެވެ؟

މިލަވަ ރިލީޒް ކުރުމާއިއެކު ގިނަ ބައެއްގެ ތައުރީފް މިވަނީ އޮއްސާލާފަ އެވެ. އޮސްޓްރޭލިއާ އަށް އުފަން އުމުރުން 40، އަހަރުގެ ޕޮޕް ސްޓާ ސިއާގެ ނެވާ ގިވަޕް" ލަވައިގެ މިއުޒިކުގައި ބޮލީވުޑްގެ ރަހަތައް ވަރަށް ބޮޑަށް ހިމަނާފައިވެ އެވެ. މި ލަވަ ޕްރޮޑިއުސް ކޮށްފައިވަނީ ގްރެގް ކާސްޓިން އެވެ. މިމަހުގެ 18 ވަނަ ދުވަހު މި ލަވަ ރިލީޒް ކޮށްފައިވާއިރު، ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ޑެވް ޕެޓަލްގެ އިތުރުން ނިކޯލް ކިޑްމަން އާއި ޑޭވިޑް ވެންހަމް އަދި ރޫނީ މާރާ މުހިންމު ރޯލުތަކަކުން ފެންނަ ފިލްމު ލަޔަން އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އަދި މިފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހިސާބުން މިއީ އޮސްކާއަށް ވާދަކުރާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެއް ގެއްލިގެން ގޮސް އޮސްޓްރޭލިއާ އާއިލާ އަކުން އެކުއްޖާ އެޑްޕްޓްކޮށްގެން އުޅެނިކޮށެވެ. އަދި އޭނާ އެޑްޕޮޓް ކުރުމުގެ ކުރިން ކޮލްކަތާގައި އަމިއްލަ އަށް ސަލާމަތްވާން ކުރާ މަސައްކަތެވެ. އޭގެ 25 އަހަރު ފަހުން އޭނަގެ ބަޔޮލިޖަކަލް އާއިލާ ހޯދަން ކުރާ ބުރަ މަސައްކަތްތެކެވެ.