- އައްޒަ ވަރިކުރެވުނީތީ މިހާރު ދެރަވޭ
- މެރީކޮށް ސެޓްލްވުމުގެ ހިޔާލެއް ނެތް
- މީރާ ސަޅީ ލަވަކިޔުންތެރިއެއްގެ ގޮތުގައި
ޖުމާ ދަންނަނީ ކިހިނެތް ހެއްޔެވެ؟ -- މޭކަޕް އާޓިސްޓެއްގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ ހެދުން ޑިޒައިންކޮށް، ޖަރީކޮށް މީހުން ނަލަކޮށްދެމުން ކޮންމެވެސް ވަރަކަށް ފިލްމާއި ލަވަ ވެސް ކުޅެލާ އާޓިސްޓެއްގެ ގޮތުގައި ހެއްޔެ؟ ނޫން ނަމަ މި ހުރިހައި އާދަޔާހިލާފު ހުނަރުވެރިކަމަކަށް ޒާތީ ދިރިއުޅުމާއި ލޯބީގެ ކުޅިގަނޑެއްގެ ހިޔަނި އެޅިފައިވާ މީހެއްގެ ގޮތުގައި ހެއްޔެވެ؟
އެކަމަކު ހަގީގަތަކީ، މި ޖުމާއެއް ނުވަތަ އިސްމާއިލް ޖުމައިހެއްގެ ވާހަކަ މިއިން ކޮންމެ ގޮތަކަށް ކިޔައިދިން ނަމަވެސް އެ ވާހަކައެއް ނިކަން ޝައުގުވެރިވެފައި އެތައް ހާސް ކުލައަކުން ޖަރީވެފައިވާ ކަމެވެ. އުމުރުން 25 އަހަރުގެ މި އެކްޓަރު އަދި މޭކަޕް އާޓިސްޓް އެހެން ހުރިހައި ތަރިންނަށް ވުރެން ހާއްސަވެފައި މުހިންމުވާ ސަބަބަކީ މިއީ އެވެ.
އަނެއްކޮޅުން ރިހި ސްކްރީނަށް ފެށި ދަތުރުގައި ޒާތީ ދިރިއުޅުމުގެ ތެރެއިން ފަޅައި ނުކުތް ހުރަސްތައް ގިރާކޮށް އަލުން ބެލުންތެރިންނާއި އާންމުން ގަބޫލުކުރާ ފެންވަރުގެ އާޓިސްޓަކަށް އޭނާ ބަދަލުވިގޮތަކީ ވެސް ނުދައްކައި ދޫކޮށްލާ ވަރުގެ ވާހަކައެއް ނޫނެވެ. މަޝްހޫރު ބަތަލާ މަރިޔަމް އައްޒައާ އެކު ޖެހި ކައިވެނީގެ ގޮށް ރޫޅިގެން ދިޔައިރު އޭނާގެ މި ކެރިއަރު އޮތީ ރަނގަޅަށް ފަށައިނުގަނެވި މަރަށް ތެޅިލަތެޅިލަ އެވެ.
އެކަމަކު އެންމެފަހުން އެ ހުރިހާ ދެބައޮޑުވުމަކާއި ފުރައްސާރައިން އަރައިގަނެ ޖުމާ އެނބުރި އައިސް ހަގީގީ އާޓިސްޓެއްގެ ގޮތުގައި ވިދައި ބަބުޅަން ފެށީ އެވެ.
މި އިންޓަވިއުގައި އަޅުގަނޑުމެން ބަލައިލާނީ ޖުމާގެ މި އާދަޔާހިލާފު ކަމްބެކަށާއި ބްރޭކްއައުޓް ފިލްމު "4426" އިން ދެއްކި ހުނަރާއި ކުރީގެ ބައިވެރިޔާ އާއި ލޯބިވެރިޔާ އަދި ޖުމާގެ މައްޗަށް ކުރެވުނު އެހެން ތުހުމަތުތަކަށެވެ. އެންމެ ފުރަތަމަ އެކްޓަރު ޖުމާގެ ވާހަކައިން ފަށައިގަންނަމާ ހިނގާށެވެ.
ފިލްމު ކުޅުން ނުވަތަ އެކްޓްކުރުމަށް ވުރެން ބޮޑަށް ޖުމާ އަކީ މޭކަޕް އާޓިސްޓެއް އަދި ސްޓައިލިސްޓެއް. އެކަމަކު މިހާރު ވަރަށް އުއްމީދީ އެކްޓަރެއްވެސްމެ. އެކްޓަރެއްގެ ގޮތުގައި އެންމެފަހުން ފިޔަ ފަޅައި ދިވެހި ސިނަމާގެ ބޮޑު ސްކްރީނަށް އުދުހިލަން ލިބުން ސިފަކުރާނީ ކިހާ ވަރެއްގެ ކުރިއެރުމެއް އަދި ކާމިޔާބީއެއްގެ ގޮތުގައި؟
"ޖުމާ މަސައްކަތްކުރަނީކީ އެކްސްޕޯޝާ އާއި މިހުރިހާ އެއްޗަކަށް ބަލައިގެނެއް ނޫން. މިސާލަކަށް ވަރަށް ކުދިކުދި ގޯލްސްތަކެއް ސެޓްކުރާ މީހެއް ޖުމާއަކީ އެންމެ ފުރަތަމަ. އެގޮތުން އެންމެ ފުރަމަ ބޭނުންވީ ކޮރިއޯއެއް ހަދާލަން، ދެން ކޮރިއޯއެއް ހަދަން ޗާންސް ލިބުނު. ދެން ފަހަރަކު ކަމެއް އެކްސްޕްލޯކުރަމުން ކުރަމުން އައިސް މިހާރު އެކްޓިންއާ ހަމަ އަށް އައީމަ ބޭނުންވީ އޭތި ވެސް އެކްސްޕީރިއަންސް ކޮށްލަން"
"ވަރަށް ބައިވަރު ކަންކަން ކުރެވިފައި ހުންނާނީ. އެގޮތުން ކުރަން ބޭނުންވެގެން އިތުރު އެފަޓަކާ އެކު ހިފާލެވުނު ކަމެއް އެކްޓިން އަކީ. ފުރުސަތު ލިބުނު ވަރަކުން ކުރިން ވެސް މަސައްކަތްކުރިން. ދެން ބޮޑޫ ސްކްރީނުން ނުވަތަ ފީޗާ ފިލްމަކަށް ލިބުނު ދެ ވަނަ ޗާންސް 4426 މިއީ. މި ފިލްމުންހެން ހީވަނީ ބޮޑަށް މީހުންގެ (ލޮލުގައި) އަޅައިގަތީ"
"ދެން ހިތަށް އަރަނީ އަނެއްކާވެސް އެއް ސްޓޭޖު ޕާސްކޮށްފަ އަނެއް ސްޓޭޖަކަށް ދެވުނީއޭ. އެހެންވީމަ އިތުރު ގޯލެއް ސެޓްކޮށްފައި އެއަށް ވޯކްކުރުން ދެން އިން ޓާގެޓަކީ."
އެހެންވީމަ، ދެން އަހަރެމެންނަށް ގިނައިން ފެންނާނީ އެކްޓަރެއްގެ ގޮތުގައިތަ ނުވަތަ މި ހުރިހާ ހުނަރުތަކަކާ އެކު މަލްޓި ޓެލެންޓް އާޓިސްޓެއްގެ ގޮތުގައިތަ ކުރިއަށް ދާން ވިސްނަނީ؟
"ޖުމާ އަކީ އެއް ކަމަކަށް ހުސްވާ މީހެއް ނޫން ދުވަހަކު ވެސް. މަސައްކަތެއްގެ ގޮތުގައި ވަރަށް ގިނަ ކަންކަން ކުރަން ބޭނުންވޭ. އެކަމަކު ޕާސަނާލިޓީ ޢާއި މޫޑް ހުންނަ ގޮތަކުން އެއްކަމެއް މާ ގިނަ ދުވަސްތަކެއް ވަންދެން ނުކުރެވޭނެ. މިސާލަކަށް ދޭތެރެއަކުން މޭކަޕް އެއްޗެހީގައި މަސައްކަތްކޮށްލާފަ ދެން ބޭނުންވެދާނެ އެ މަސައްކަތް ބަދަލުކޮށްލަން. މިސާލަކަށް އެއްޗެއް ޑިޒައިންކޮށްލަން ބޭނުންވެދާނެ ނުވަތަ އާޓިސްޓިކް އެހެން ކަމެއް ކުރާ ހިތްވެދާނެ"
"އެކަމަކު ވެސް (އެކްޓްކުރަން ފަށައިގެން) އިތުރު އެހެން މަސައްކަތްތައް ހުއްޓުމަކަށް އައީއެކޭ ނުބުނާނަން. ނަމަވެސް އިސްކަން ދެވޭ ކަމަކީ އެކްޓިން ކަމަށް ވެދާނެ. ހުހެއް ނުވާނަން ވަކި ކަމަކަށް. އަދި ވަކިން ހާއްސަކޮށް އެކްޓިން އަށް ހުހެއް ނުވާނަން. ރާއްޖެއަށް ބަލަންޏާމު ވެސް ހަމައެކަނި އެއް ކަމަކަށް ހުސްވެގެނެއް ނުހުރެވޭނެ. ކޮމިއުނިޓީ ކުޑަކަމުން އެބަޖެހޭ ވަރަށް ބައިވަރު މަސައްކަތްކުރަން."
ފިލްމު "4426" އަކީ ޖުމާގެ ބްރޭކްއައުޓް ފިލްމު އަދި އޭގެ އިތުރުން ފިލްމުގެ ސްޕެޝަލް މޭކަޕް ވެސް ހަދައިދީފައި ވަނީ ޖުމާކަން ފާހަގަކޮށްލެވޭ. އެކްޓަރެއްގެ ގޮތުގައި އޭގައި ކުރެވުނު ތަޖުރިބާ އާއި މޭކަޕް އާޓިސްޓެއްގެ ގޮތުގައި އޭގައި ކުރެވުނު މަސައްކަތް ކިހިނެތް ސިފަކުރާނީ؟
"4426ގައި އެގޮތަށް ދެ މަސައްކަތެއްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ނަސީބެއް. ކުރިން ބުނިހެން އެއްކަމެއް އަބަދުކުރާހިތްވާ މީހެއް ނޫން ޖުމާ އަކީ. ވަރަށް މޫޑީ މީހެއް ޖުމާ އަކީ. އެކަމަކު އެގޮތަށް (ފިލްމުގައި މަސައްކަތްކުރީމަ) ވަރަށް ބެލެންސްކޮށްލެވުނު މަސައްކަތް. މޭކަޕްކުރަމުން އަމިއްލަ އަށް ވެސް މޭކަޕްވެލާފައި ދޭތެރެއަކުން ކެމެރާގެ ކުރިމަތީގަ އާއި ފުރަގަތުގައި، ދެކޮޅުގައި މަސައްކަތްކުރަން ލިބުނީމަ މަސައްކަތް ވަރަށް ބެލެންސްވި"
"އެކްޕީރިއަންސް ވައިސްކޮށް ބުނަންޏާމު އަވަސް ރަހުމަތެއްގައި ކުރާނެ ނޫނީ ކުރަން ލިބޭނެއޭ ބުނާނެ ކަހަލަ ޗާންސެއް ނޫން މި ލިބުނީކީ. އެހެންވީމަ ވަރަށް ބޮޑެތި ޗޭންޖާ އެއްކޮށް ކެރިއާ ގޯލްސްއާ އެއްޗެހި ކޮންމެވެސް ވަރަކަށް ޗޭންޖުކޮށްލާ ކުރިން ގެންގުޅުނު ވިސްނުން ބަދަލުކޮށްލާ ތަންކޮޅެއް ރެސްޕޮންސިބަލްވެ މެޗުއާ ވާންޖެހިފައި މިހާރު މިހުރީ. އެހެންވީމަ ގުޑް ޗޭންޖެއް، ގުޑް އެކްސްޕީރިއަންސެއް ކަމަށް ބަލާނީ."
މޫޑީވެގެން އެހާ އަވަސް އަވަހަށް ހިޔާލު ބަދަލުވާ މީހެކޭ ތިބުނަނީ ކީއްވެގެން؟
"މޫޑީވުމޭ މި ބުނާ އެއްޗަކީ، އަސްލު ޖުމާ އަކީ ވަރަށް ކޮންފިޑެންސް ލޯ މީހެއް. މިސާލަކަށް ކުރާ ކަމެއް ނުވަތަ މަސައްކަތެއްގައި އެއްވެސް ނެގެޓިވް ކޮމެންޓެއް އައިސްފިއްޔާމު އެ ކަމެއް ކުރާ ހިތް ކެނޑޭނެ، އަނެއްކާވެސް އިތުރު އިންސްޕިރޭޝަނެއް ނުވަތަ އެ ކަމެއް ކުރާ ހިތްވާ ކަހަލަ ކިކެއް އަރަންދެން އޭތީގެ ދުވަސްދާނެ."
"ކޮންފިޑެންސް ވަރަށް ސްޓްރޯންގް ވާން ޖެހޭނެ ކަމަށް ގަބޫލުކުރަން. އެކަމަކު ވަރަށް ޖޫނިއާވާނެ. އަނެއްހެން ބުނަންޏާމު އިންޑަސްޓްރީގައި ވޯކްކުރާ އެންމެ ޖޫނިއާ މީހާއޭ ވެސް ބުނެވިދާނެ. ކޮންފިޑެންސް ބިލްޑްކުރަން ވަރަށް ގިނަ މީހުން އެހީވެދޭ. މިސާލަކަށް ނަހޫ އެ ދިން ފުރުސަތު. ފޯފޯ ޓޫ ސިކްސްގައި ޝިނާން އެވީ ހެލްޕް."
ޖުމާ އެކަންޏެއް ނޫން، ޖުމާގެ މުޅި އާއިލާ އަކީ ވެސް ވަރަށް ކްރިއޭޓިވް ފަންނުވެރިންތަކެއް ތިބި އާއިލާއެއް. ބުނެވިދާނެ ޖުމާގެ ހުނަރު ވެސް ފައްކާވެގެން އައީ އާއިލާ ތެރެއިންނޭ ނުވަތަ ކޮބައިތަ މި ހުނަރުވެރިކަމުގެ ސިއްރަކީ؟
"ފަންނުވެރިކަން ނުވަތަ މި ކްރިއޭޓިވް ކަންކަމަށް ޝައުގުވެރިވެ މި ސައިޑް އައިސްފައި މިހުރީ ބުނެވިދާނެ އަސްލު ކިޔަވާހިތްނުވާވަރުންނޭ. އެއްވެސް ވަރަކަށް ފޮތްތަށް ކިޔައި މިކަހަލަ ކަންތައް ކުރަން ބޭނުންވި މީހެއް ނޫން މިއީ. ކިޔެވިއިރު ވެސް އާޓްސް ޗޫޒްކޮށްގެން އެއިން ވެސް ނެގީ އާޓް. އޭގެ ތެރެއިން ދެން ބޮޑަށް މި ކަންތައްގަނޑު ލައިގަތީ"
"ކުޑައިރުގެ ހަނދާނެއް ނަމަ، ޓީވީއެމުން ވަރަށް ކުރިން ގެނެސްދިން ކޮއްކޮމެންގެ ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ވެސް ބައިވެރިވަން އޭރު. އެއް ވަނަ ލބޭނެ ކޮންމެ ހަފުތާއަކު ވެސް އޭރު. އެހެންވީމަ އެގޮތަށް ކުރަން ބޭނުންވެފައި ހުންނަ ކަމެއް މި މަސައްކަތަކީ ބޮޑަށް."
އެހެންވީމަ އެކްޓަރެއްގެ ގޮތުގައި އަދި މި ހުރިހާ ފަންނީ މަސައްކަތްތަކާ އެކު ޖުމާގެ މިސްރާބާއި ހާސިލުކުރަން ބޭނުންވާ އިތުރު ކާމިޔާބީތަކަކީ ކޮބާ؟ ފިލްމު ކުޅެވުމުން ދެން އެ ނިމުނީތަ؟
"ޑްރީމްސް އެންޑް ގޯލް އަށް ބުނަންޏާމު ވަރަށް ބައިވަރު އެބަހުރި. ޖުމާ ސެޓެއް ނުކުރަން މާ ބޮޑެތި ކަންކަމެއް. ކުދިކުދި އާދައިގެ މަސައްކަތްތަކުން މި ފަށަނީ. ކުރިން ވެސް ބުނިހެން ފުރަތަމަ ބޭނުންވީ ކޮރިއޯއެއް ހަދާލަން. ދެން ކަން ދިމާކުރި ގޮތުން އެފަހަރު ނެޝެނަލް އެވޯޑްސް އަށް ނޮމިނޭޓް ވެސްވި"
"ދެން ބޭނުންވީ ކޮސްޓިއުމެއް ހަދަން، އެ މަސައްކަތް ވެސް ވަރަށް ގިނަ މީހުން އެޕްރެޝިއޭޓްކުރި. ދެން އެހެން ކަމަކަށް މޭކަޕް. މޭކަޕްކޮށްގެން ވެސް މީހުން ބަލައިގަތް. އެގޮތަށް ފަހަރަކު ކަމެއް ކުރަމުން ކުރަމުން އައިސް މިހާރު މިހުރީ ކެމެރާގެ ކުރި މައްޗަށް އާދެވިފައި. މިހާރު ދެން މި ހިސާބުން އިން ގޯލަކީ އެވޯޑެއް. ކޮންމެވެސް އެވޯޑެއް ލިބިއްޖެއްޔާމު ދެން އެހެން ގޯލެއް ސެޓްކޮށްލާނީ. ކޮންފިޑެންސް އެބައިން. ވަރަށް ގިނަ މީހުން މި މަސައްކަތް ވެސް ބަލައިގެންފައި އޮތީމަ އުއްމީދުވެސް ކުރަން."
އަނެއްކާވެސް އައްޒަ އާއި ޖުމާ މި ފެންނަނީ ވަރަށް އެކުގައި، ގާތްކޮށް އުޅޭ މަންޒަރު. ދެ މީހުން އަލުން އެނބުރި އައިސް ގުޅި، މެރީކުރަން ވިސްނަނީތަ އަނެއްކާ؟ ކޮން ކަހަލަ ގޮތަކަށް ދެ މީހުންގެ ގުޅުން ސިފަކުރާނީ؟
"ޖުމާ އާއި އައްޒަ މިހާރު ޑިވޯސްވެފައި ތިއްބަސް (ދަރިފުޅު) އީތަން ހުންނަހާ ހިނދަކު އިންނާނެ ދޯ ލިންކެއް އެޅިފައި ދެ މީހުންގެ ދެމެދުގައި. މިސާލަކަށް އީތަން ހުރިހާ ހިނދަކު އައްޒަ ޖުމާ އަށް ބަލާނެ. ޖުމާ ވެސް އައްޒަ އަށް ބަލަން. އެކަމަކު ދޭތެރެ ދޭތެރެއިން އަޕްސް އެންޑް ޑައުންސް އަންނަ ކަންތައް ވާނެ އެކަމަކު ވެސް އެންޑް އޮފް ދަ ޑޭއި، ދެ ޕޭރެންޓުންނަށް ވުމާއި މަސައްކަތް ހުންނަ ގޮތުން ވެސް ދެ މީހުން އެކުގައި އިންވޯލްވާން ޖެހޭ މަސައްކަތް މި ލިބެނީ"
"އެހެންވީމަ ދެ މީހުން އެއްކޮށް މިގޮތަށް ފެނި ކަންތައް މި ވަނީ. ލޯބި އިންނާނެ ދޯ އަބަދުވެސް. އީތަންގެ މަންމަ ދެކެ ވާ ލޯބި އަބަދުވެސް ވާނެ"
"މެރީކޮށް ސެޓްލްވުމުގެ ހިޔާލެއް އަދި ނެތް އަވަސް ރަހުމަތެއްގައި. ވަރަށް ކުރިން ފުދޭވަރެއްގެ އެކްސްޕީރިއަންސެއް ކޮށްފިން މި ލައިފްގެ. އެހެންވީމަ އަދި ބޭނުންވަނީ ހަމަޖެހިލައިގެން އަމިއްލަ އަށް ސެޓްލްވެލަން."
އައްޒަ ވަރިކުރެވުނީތީ އެކަމާ ދެރަވޭތަ މިހާރު ނުވަތަ ބުނެވިދާނެތަ އެއީ ގިލްޓް ފީލްވާ ކަމެކޭ މިހާރު؟
"އައްޒަ ވަރިކުރެވުނީމަ ގިލްޓެއް، އޮބްވިއަސްލީ އިންނާނެ. ކުރިން ބުނިގޮތަށް، މޫޑީކަންތަކުގެ ތެރެއިން ކުރެވުނު ކަމެކޭ ވެސް ބުނެވިދާނެ. އެއީ ވަރަށް ކުޑަ ކަމެއް. ވަރަށް ބޭކާރު ގޮތުގައި ބޮޑުވެގެން ގޮސް ވީކަމެއް. އެކަމަކު އޭގެ އަސަރު ޖުމާ އާއި އައްޒަ އަށް ވުރެން ބޮޑަށް ކުރާނީ އީތަން އަށްތާ. އެހެންވީމަ އެ ގިލްޓް އަބަދުވެސް އިންނާނެ"
"އެކަމަކު މިހާރު ކަންތައްތައް ރަނގަޅުވާތީ، ދެ މީހުންނަށް ވަރަށް ރަނގަޅަށް މެނޭޖުކުރެވޭތީ ވަރަށް ނިއުޓްރަލްކޮށް މި އުޅެނީ"
"ބުނެވިދާނެ (ވަރިކުރުމަކީ) އެހާ މެޗުއާޑް ނުވަތަ ރަނގަޅު ޑިޒިޝަނެއް ނޫނޭ އެ އިރެއްގައި މޭކްކުރެވުނީ. އެކަމަކު މިހާރު ވަރަށް ދުވަސްވެއްޖެ އޭގެފަހުން. އަނބުރާ ވޯކްއައުޓްކުރޭތޯ ވެސް މަސައްކަތްކޮށްލިން ޖުމާ އާއި އައްޒަ ވެސް. އެކަމަކު އިން އަ ރިލޭޝަންޝިޕް މި ސްޓޭޓަސް ދީން އެކުގައި އުޅުމަށްވުރެ މިހާރު މި އުޅޭގޮތަށް ޕްރޮޖެކްޓް ވައިސްކޮށް، ނަމެއް ނުދީ އެއްކޮށް އުޅޭއިރު މާ ބޮޑަށް ކޮމްފޯޓެބްލްވެފައި މަސައްކަތްކުރަން ވެސް މާ ފަސޭހަވޭ"
"ޕްލަސް މީހުންގެ ފަރާތުން އެ އަންނަ ކޮމެންޓްސްތަކާ މީހުން މި ބުނާ އެއްޗެހިތަކުން އެޖެހޭ އެސްފީނާ ކަހަލަ އެއްޗެހި ވެސް ނުޖެހި ހަމަޖެހިލައިގެން އެބަ އުޅެވޭކަން ނޭނގެ. (ދެ މީހުންގެ ގުޅުމަށް) ނަމެއް ނުދީ އުޅުނަސް އެއްކޮށް މި އުޅެވެނީ އަސްލު."
ދެ މީހުންގެ ކައިވެނި ރޫޅިގެން ދިޔަ އަސްލަކީ ޖުމާގެ ގާތް އެކުވެރިއެއް އަދި ފިލްމީ ތަރިއެއް ކަމަށް މީހުން ބުނޭ. އެއަށް ބުނެލާނީ ކީކޭ؟
"ވަރަށް ގިނަ މީހުން ވަރިވެ ނޫނީ އިނދެ މި ހުރިހާ ކަމެއް ވެސްވޭ. އެކަމަކު އަބަދުވެސް މީހުންނަށް ދެކެވޭނީ ދަންނަ މީހެއް، ނުވަތަ ސެލެބްރިޓީންގެ ވާހަކަ. ހާއްސަކޮށް ދިވެހިންނަކީ އެ ވާހަކައެއްގައި ބާރުލާފައި ދައްކަން (ވަރަށް ފޯރި ހުންނަ ބައެއް). އެކަމަކު އެއީ ރީޒަންއެއް ނޫން ހަމަ ގައިމު ވެސް. މީހުން އެހެން ދެކިގެން އެ ވާހަކައެއް ދައްކަންޏާމު ދައްކަންވީ. އެކަމަކު ހަމަ ގައިމު ވެސް ވީކަމެކޭ ނުބުނާނަން ނޫނިއްޔާމު އައްޒަ ވެސް ބުންޏެކޭ ނުބުނާނަން. އެ ވާހަކަ ދައްކާތީ ވަރަށް ގިނަ މީހުން ކައިރިއަށް އައްޒަ ގެންގޮސްގެން ވެސް ހުންނާނެ އެ ވާހަކަ އަހާފައި ވެސް ބައެއް ފަހަރަށް އެ ވާހަކައެއް ދައްކާވަރުން ބޮލަށް އުނދަގޫވެގެން ވެސް"
"ޑިވޯސްއާ އެކު ބަޔަކު މީހުން ވާހަކައެއް ދައްކާލަން ބޭނުންވީމަ ވާހަކައެއް ދައްކާލީ."
ލޯބިވެރިއެއްގެ ގޮތުގައި މީރާ ސިފަކުރާނީ ކިހިނެތް؟
"ލޯބިވެރިއެއްގެ ގޮތުގައި މީރާ އަކީ ވަރަށް ލޯބި ކުއްޖެއް އަސްލު. މީރާ އިން ދަ ސެންސް އެއީ، މީރާގެ އަޑު އިވުނީމަ އެ ލިބޭ ހިތްހަމަޖެހުން މީރާގެ (ކިބައިގައި) ވެސް ހުރޭ. މީރާގެ އިނދޭ ވަކި ކަހަލަ ގޮތެއް. އެކަމަކު ޕާސަނަލީ މިހާރު ބުނަންޏާމު އައި ވުޑް ހޭވް ޕްރިފާޑް ޓް ނޯން ދަ ސިންގަލް މީރާ. ގާލްފްރެންޑް ނޫނީ ޕާޓްނަރު މީރާ އަށް ވުރެ ބޮޑަށް އައި ވުޑް ހޭވް ޗޯޒެން ދަ ސިންގަލް މީރާ"
"ލަވަކިޔާ މީހާ އާއި މިހެން މި ފެންނަ މީރާ (އަށް ބެލިޔަސް) އެކްސްޕެކްޓޭޝަންތަކެއް ވެސް ހުންނާނެ ދޯ. މިސާލަކަށް ވަރަށް ލޯބިކޮށް ލަވައެއް ކިޔާލާ ކުއްޖަކަށްވެއްޖެއްޔާމު އެ ލޯބި އަރައިގެން (ގޮސްދާނެ) އެކަމަކު އެ ޓްރޫ ކެރެކްޓާއެއް ނުފެނިދާނެ"
"މީރާ އެޒް އަ ޕާޓްނާ ވަރަށް ސްވީޓް. އެކަމަކު ޖުމާ އަށް އެންމެ ދިމާވާ މީހާއެއް ނޫން މީރާ އަކީ."
ވަރަށް ލޯބިން ވަރަށް ފާޅުގައި ލޯބި ސެލެބްރޭޓްކޮށްކޮށްފައި ކުއްލިއަކަށް މީރާ އާއި ޖުމާ ރުޅިވީ. އެ ލޯބި އިތުރަށް ގެތިގެން ނުދިޔަ ސަބަބަކީ ކޮބައިހެން ހީވަނީ؟
"ޖުމާ އާއި މީރާގެ ކަންތައް ތަންކޮޅެއް ކޮމްޕްލިކޭޓެޑީ. ދެ މީހުންގެ ހިޔާލުތައް ތަންކޮޅެއް އެއްގޮތީކަން ނޭނގެ. ރެސްޕޮންސިބްލް މިސާލަކަށް ކޮންމެވެސް އެކަކު ވާން އެބަޖެހޭތާ. އެކަމަކު ދެ މީހުން ވެސް އެއް ވައްތަރަކަށް ނޫނީ އެހާ ކުޑަކުޑަކޮށް އުޅެން ހިފާފައި ހުރެއްޖެއްޔާމު ނޫޅެވޭނެކަން ނޭނގެ. ރެސްޕޮންސިބިލިޓީސް އަށް ބަލާއިރު އިސްވެ ކަންތައް ކުރާނެ މީހެއް ދެ މީހުންގެ ތެރެއިން ސެޓް ނުވެ އެކަކު އަނެކަކުގެ ކުދިކުދި ކަންތައްތައް ބޮޑުވެ އެކަހަލަ ގޮތަކަށް ދިޔަ ކަމެއް އެއީ."
ރިލޭޝަންޝިޕް އެޑްވައިޒެއް މީރާ އަށް ދެންޏާމު ކީކޭ ބުނެލާނީ؟
"ރިލޭޝަންޝިޕް އެޑްވައިޒެއް މީރާ އަށް ދެންޏާމު ޖުމާ ބުނެލަން ބޭނުންވަނީ ހަމައެކަނި، ޕާސްޓްގައި ހިފައި ދަމަން ނޫނީ ޕާސްޓް އަނބުރާ ގެންނަން ނޫޅެ އަބަދުވެސް ކުރިއަށް ވިސްނާލާށޭ. މިސާލަކަށް ޕާސްޓް (ބޮލުގައި) އިންހާ ހިނދަކު ކުރިއަކަށް ނުދެވޭނެއޭ. އެއީ މީރާ ކައިރީ ބުނެލަން ބޭނުންވާ ވާހަކައަކީ."
މީރާ އާއި އައްޒަ ނުވަތަ އެހެން ލޯބިވެރިންނާއި ބައިވެރިންގެ ތެރެއިން ވެސް ނަގާ ނަމަ ޖުމާގެ ހަޔާތަށް އައި އެންމެ ހާއްސަ މީހަކަށް ވާނީ ކާކު އަދި އެއީ ކީއްވެގެން؟
"އީތަން ހުރިހާ ހިނދަކު އައްޒަ ހުންނާނީ ވަރަށް މަތީގައި. މިސާލަކަށް ކުރިއަށް އޮތް ތަނުގައި ޖުމާ އެހެން ރިލޭޝަންޝިޕަކަށް ދިޔަޔަސް އޭތި ގަބޫލުކުރަން ޖެހޭނެ، ޖުމާގެ ދަރި އީތަންގެ މަންމަ އަކީ އައްޒަކަން. ޖުމާ އާއި އައްޒަގެ ގުޅުން ނުއެއް ކެނޑޭނެކަން. އޭތި އަންޑެސްޓޭންޑް ވާން ޖެހޭނެ. އެހެންވީމަ އައްޒަ އެހުރި ޕޯސްޓަށް އިތުރު މީހަކަށް ނާދެވޭނެ އަދިއެއް ހަމަގައިމުވެސް."
ޖުމާ ތިއީ މީހުން މޭކަޕްކޮށް ރީތިކުރަން ވަރަށް ބޮޑު ފޯރިއެއް ހުންނަ މީހެއްތާ. އަމިއްލަ އަށް ރީތިކޮށް ހުރުމަށާއި ފިޓްކޮށް ހުރުމަށް ކިހާ ބޮޑު ސަމާލުކަމެއް ދެންތަ؟
"ވަރަށް މަސައްކަތްކުރަން އަމިއްލަ ކަންތައްތައް ވޭތޯ. އެކަމަކު ޓައިމެއް ހަމަ ނުދެވެނީ. އަބަދުވެސް މީހުން ބުނާ އެއްޗެއް، މާ ނައިސް އީއޭ. ހަމަ އެ އުސޫލުން މާ ނައިސް ވެގެން ގޮސް އަމިއްލަ މީހާގެ ކަންކަން ބަހައްޓާފައި އެހެން މީހުން ކަންކަން އިސްކުރެވެނީ. އެކަމަކު ދޭތެރެ ދޭތެރެއިން ޖިމަށް ވަދެލަން. އެކަމަކު ވީކެއް ވަރު ގޮސްލާފަ ބްރޭކެއް ނަގާލާފަ އުޅެވެނީ."
އަޕްޑޭޓަކުން ނިންމާލާ ނަމަ، ކޮން ކަހަލަ އުފާވެރި ޚަބަރުތަކެއް ދޭނީ ސަޕޯޓަރުންނާއި ފޭނުންނަށް؟
"އަޕްޑޭޓެއް ދޭ ނަމަ، (ޑާކް ރެއިން އެންޓަޓެއިންމަންޓް) ގެ އާ ފިލްމު މިއީ ލޯތްބަކީގެ މޭކަޕް ނަގައިގެން މި އުޅެނީ. ދެން ޖެނުއަރީ ފިފްތުގައި ޖުމާގެ އާ ޕްރޮޖެކްޓެއް ފައްޓަން. ވަރަށް އަވަހަށް ބެލުންތެރިންނަށް އެނގިގެންދާނެ އެއީ ކޮން ކަމެއްކަން. ފުދޭވަރަކަށް ބޮޑު މަސައްކަތެއް އެއީ ވެސް."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- މޭކަޕް އެންޑް ހެއާ އަދި ސްޓައިލިން: ޖަސްޓިން
- ވީޑިއޯ އެންޑް އެޑިޓިން: އަފްޝީން ނަސީރު / އަވަސް