ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލޭމްއިން ސަފާރީތަކަށްދޭ އެންމެ ޝަރަފުވެރި މި އެވޯޑު ލިބުނު އެހެން ކުންފުނިތަކުގެ ތެރޭގައި
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އަލްޝާލީ މެރިން މޯލްޑިވްސްއަށް ލިބުނު އެވޯޑާ ހަވާލުވެ ވަޑައިގަތީ އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު އެވެ.
ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލޭމްއިން ސަފާރީތަކަށްދޭ އެންމެ ޝަރަފުވެރި މި އެވޯޑު ލިބުނު އެހެން ކުންފުނިތަކުގެ ތެރޭގައި
- - އަހަރުގެ އެންމެ ފުރިހަމަ ބޯޓު ޑިޒައިން: ގަލްފް ކްރާފްޓުގެ ޓުއަރިން 38
- - ބެސްޓް ބިލްޑް ލިވަ ބޯޑު އޯ ޔޮޓް: ގުރަހަލި
- - އަހަރުގެ އެންމެ ފުރިހަމަ ކްރޫއިން ތިބި ސަފާރީ: ހޮރައިޒަން ތިނެއް
- - ބެސްޓް ޑައިވް ސަފާރީ: ކަޕޭޑިއަން
- -އަހަރުގެ އެންމެ ފުރިހަމަ ފިޝިން ސަފާރީ: ޑޮލްފިން
- - އަހަރުގެ އެންމެ ފުރިހަމަ ފައިބަރު އުޅަނދު (5-24 މީޓަރާއި ދެމެދު) ގަލްފް ކްރާފްޓު ޓުއަރިން 38
- - އެންމެ ފުރިހަމަ ފައިބަރު އުޅަނދު (51-40 މީޓަރާއި ދެމެދު ) އަލްޝާލީގެ ދޯނި
- - އަހަރުގެ އެންމެ ފުރިހަމަ ސާފިން ސަފާރީ: ހޮރައިޒަން ދޭއް
- - އަހަރުގެ ބަންކަރިން އަދި ފިއުލް ސަޕްލަޔަރު: ފިއުލް އެކްސްޕްރެސް
- - އަހަރުގެ ޑޮކްޔާޑު ނުވަތަ ސްޕިލްވޭ: ގަލްފް ކްރާފްޓު މޯލްޑިވްސް
- - އަހަރުގެ އެންމެ މޮޅު ކެޕްޓަން: މުހައްމަދު ވަހީދު
- - އަހަރުގެ ބޯޓު އިކްއިމްޕްމަންޓް ސަޕްލަވަރު: ވީއޭއެމް އެންޑް ކޯ
- - އަހަރުގެ ލިވަ ބޯޑު ނުވަތަ ޔޮޓް ބްރޭންޑް: ސްކޫބާ ސްޕާ
- - އަހަރުގެ ސަފާރީ ބޯޓް އޮޕަރޭޓަރު (ރާއްޖޭގެ) ވޮޔެޖަސް މޯލްޑިވްސް
- - އެންމެ ފުރިހަމަ މެރިން އިންޖިނިއަރިން ހިދުމަތް ދިން ފަރާތް: އެލިޔާ
- - އަހަރުގެ އެންމެ އެދެވޭ އިންޝުއަރެންސް ޕާޓްނަރު: އެލައިޑް
- - އަހަރުގެ އެންމެ އެދެވޭ މެރިން އިންޖީނު މަރުކާ (މެއިން) ވީއޭއެމް އެންޑް ކޯ
- - އެންމެ އެދެވޭ މެރިން ދަވާދު މަރުކާ: އެމްޓީސީސީގެ ސިގްމާ
ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާއިން ރޭ ބޭއްވި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ސެކްރެޓެރީ ޖެނެރަލް އިގްނާޒް އަލީ ވިދާޅުވީ އެ ޖަމިއްޔާއަށް ބަނދަރެއް ހޯދުމަށް މަސައްކަތް ކުރާތާ ނުވަ އަހަރު ވެފައިވާ ކަމަށާއި، ރާއްޖޭގެ ސަފާރީތައް ހިދުމަތް ދެނީ ދަތި އުނދަގުލުގައި ކަމަށެވެ.
"ވަރަށް ދަތިކޮށް ހިދުމަތް ކުރާތާ ނުވަ އަހަރު މިއީ. ނަމަވެސް އުންމީދު ކަނޑާނުލައި މަސައްކަތް ކުރަނީ ބަނދަރެއް ހޯދުމަށް،" އިގްނާޒު ވިދާޅުވި އެވެ.
ރާއްޖޭގައި 150 އަށްވުރެ ގިނަ ސަފާރީ ހިދުމަތް ދެމުން ގެންދާއިރު، މި ދާއިރާއަކީ އެންމެ ގިނައިން ޓޫރިސްޓުންނަށް ހިދުމަތްދޭ ދާއިރާ އެވެ.