ބޮލީވުޑް

އަމްރިތާ "މުބާރަކަން" ދޫކޮށްލީ ސާރާއާ ހެދިބާ؟

Dec 2, 2016

ޑައިރެކްޓަރު އަނީސް ބަޒްމީގެ "މުބާރަކަން" ގެ ޝޫޓިން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ފަށާފަ އެވެ.

ޒުވާން އެކްޓަރު އަރްޖުން ކަޕޫރު ލީޑްރޯލުން ފެނިގެންދާ މިފިލްމުގައި އޭނާގެ މަންމަގެ ރޯލު އެކްޓަރު އަމްރިތާ ސިންގް އަށް ހުށަހެޅި ނަމަވެސް އެންމެފަހު ވަގުތު އޭނާ ވަނީ މިފިލްމު ދޫކޮށްލާފަ އެވެ.

ބުނެވޭޭ ގޮތުގައި އެންމެފަހު ވަގުތު އަމްރިތާ މިފިލްމު ދޫކޮށްލާފައިވަނީ އޭނާ އަންހެން ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނާތީ އޭނާ އެކަމަށް ތައްޔާރުކުރަން ވަގުތު ދޭން ބޭނުންވާތީ އެވެ.

ސާރާ ކިޔެވުން ނިިންމާލައި އެނބުރި އިންޑިއާ އަށް އައިފަހުން އެތަކެއް ފިލްމަކުން ފުރުސަތު ލިބިފައިވީ ނަމަވެސް މިހާތަނަށް ވެސް ބޮލީވުޑަށް ނިކުންނަ ފިލްމެއް އަދި އޭނާ ކަނޑައަޅާފައެއްނުވެ އެވެ.

އަމްރިތާ މިހާރު އަންނަނީ ސާރާ އަށް އެކި ފިލްމުތަކުން ލިބިފައިހުރި ހުށަހެޅުންތަކުގެ ތެރެއިން އޭނާ ބޮލީވުޑަށް ނެރެން އެންމެ ރަނގަޅު ފިލްމެއް ނިންމުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން "މުބާރަކަން" ކުޅެން ވަގުތު ދޭނަމަ ސާރާގެ ކެރިއަރު ބިނާކުރަން ވަގުތު ނުދެވިދާނެ މިފިލްމު ދޫކޮށްލީ އެވެ.

މިފިލްމުގެ އިތުރުން ވެސް އަމްރިތާ އަށް އިތުރު ފިލްމުތަކަކުން ފުރުސަތު ލިބުނު ނަމަވެސް އޭނާ ވަނީ ސާރާ އަށްޓަކައި އެފިލްމުތައް ވެސް ދޫކޮށްލާފަ އެވެ.

"މުބާރަކަން" ގައި އަރްޖުންގެ ބޮޑުބޭބޭ އަނިލް ކަޕޫރު، އޭނާގެ ބޮޑުބޭބެގެ ރޯލުން ފެނިގެންދާނެ އެވެ. މިފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދަނީ އިލިއާނާ ޑިކްރޫޒް އާއި ޒުވާން ބަތަލާ އާތިޔާ ޝެޓީ އެވެ.