ވިޔަފާރި

އެމްޓީސީސީ މުވައްޒަފުންނަށް އުރީދޫ ވޯކް ގްރޫޕްގެ ހިދުމަތް ދޫކޮށްފި

Dec 6, 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުނަށް، އުރީދޫ ވޯކް ގްރޫޕުގެ ހިދުމަތް ދޫކޮށްފި އެވެ.

އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒެވެ.

އުރީދޫން ބުނީ ވޯކްގްރޫޕްގައި އެމްޓީސީސީން ބައިވެރިވުމާއެކު ކޮންމެ މުވައްޒަފަކަށް އާއިލާގެ މެމްބަރުންގެ ތެރެއިން ބޭނުންވާ މީހަކަށް އަން- ލިމިޓެޑް ކޯލާއި އެސްއެމްއެސް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫ ވޯކްގްރޫޕަކީ ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކޮށް، އާ ކަނެކްޝަންތަކަށް އެދުމުގެ އިތުރުން ވޯކްގްރޫޕްގައި ހިމެނޭ ފަރާތްތައް ބަލައި، އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް ވެސް މަދު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރިހަމަ ހިދުމަތެކެވެ.

އުރީދޫގެ ވޯކް ގްރޫޕު މެދުވެރިކޮށް ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ބޮޑެތި ކުންފުނިތައްވެސް ދަނީ ބައިވެރިވަމުންނެވެ.