މަސްދޯންޏާއި އެހެނިހެން އުޅަނދުފަހަރު އުޅޭ ހިސާބުު ފަސޭހައިން ބަލާލެވޭގޮތަށް "އުރީދޫ ލޮކޭޓް ސެޓަލައިޓް" މިއަދު ތައާރަފްކޮށްފި އެވެ. ރާއްޖެއާއި، ރާއްޖޭންބޭރުގެ ކަނޑުތަކުގައި ދަތުރު ކުރަމުންދާ އުޅަނދުފަހަރު އުޅޭ ސަރަހައްދު ބަލާލެވޭ ވެބް ޕޯޓަލް އަކާއި މޮބައިލް އެޕްލިކޭޝަން އެއްވެސް މި ޑިވައިސް އާއި އެކު ހިމެނެ އެވެ.
އުރީދޫ ލޮކޭޓް ސެޓަލައިޓް ފޯރުކޮށްދެނީ ވެސެލް ޓްރެކްކުރުމުގައި ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާކުރެވިފައިވާ ތިން ޕެކޭޖާއެކު އެވެ. އޭގެ ތެރޭގައި އުރީދޫ ލޮކޭޓް ސެޓެލައިޓް 599، އުރީދޫ ލޮކޭޓް ސެޓެލައިޓް 799 އަދި އުރީދޫ ލޮކޭޓް ސެޓެލައިޓް 1199 ހިމެނެއެވެ.
އުރީދޫ ލޮކޭޓް ސެޓެލައިޓް ޕްރީ-އޯޑާ ކުރެވޭނީ އުރީދޫ އެކްސްޕީރިއަންސް ސެންޓާ އިންނެވެ.
އުރީދުން ބުނީ މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުފަހަރު މޮނީޓާކޮށް މެނޭޖްކުރުމުގައި ވެސެލް ޓްރެކް ކުރާ ޑިވައިސްތަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށާއި ހާއްސަކޮށް ސެލިއުލާ ނުވަތަ ރޭޑިއޯ ސިގްނަލް ނުލިބޭ ސަރަހައްދުތަކުގައި، ދޯނިފަހަރާއި ފަޅުވެރިން އެއްގަމާއި ގުޅުވައި ދެނީ ސެޓަލައިޓް މެދުވެރިކޮށް ކަމަށެވެ. އުރީދޫ ލޮކޭޓް ސެޓަލައިޓް މެދުވެރިކޮށް އިންޖީނުގެ ހާލަތާއި، އުޅަނދުފަހަރުގައި ބޭނުން ކުރަމުންދާ ތެލުގެ މައުލޫމާތާއި ދަތުރު ކުރަމުންދާ ރޫޓްތަކާބޭހޭ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި ބުނީ ކަނޑައެޅެފައިވާ ވަކި ސަރަހައްދަކުން އުޅަނދުފަހަރު ބޭރުވެއްޖެނަމަ އަންގާއިދޭ ޖިއޯފެނސިންގެ އެލަޓްގެ މިހިދުމަތުގައި ހިމެނޭ ކަމަށެވެ.
"... ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާާއާއި އޮންނަ ގާތް ގުޅުމަކީ އުރީދޫ އިން ފަޙުރުވެރިވާ ކަމެއް. މުސްތަޤްބަލުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރަމުންދާނީ، އުރީދޫގެ ޓެކްނޮލޮޖީތަކާއި ޙިދުމަތްތަށް މެދުވެރިކޮށް މިދާއިރާ އަށް ފުރިހަމަ އެއްބާރުލުން ދިނުމަށް. މިގޮތުން، މަސްވެރިންނަށް ހާއްސަ ޓްރެކިންގް ޑިވައިސް އެއް ކަމަށްވާ އުރީދޫ ލޮކޭޓް ސެޓަލައިޓް ތައާރަފްކުރެވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފަލެއް. މި ޑިވައިސް ބޭނުންކުރައްވާ ފަރާތްތަކަށް އޮޑިދޯނިފަހަރު ދަތުރުކުރަމުންދާ ސަރަހައްދު ޓްރެކްކޮށް، ފަޅުވެރިންނާއި މުދަލުގެ ރައްކާތެރިކަން އިތުރުކޮށްދިނުން ފަދަ މުހިންމު ފައިދާތަށް ލިބިގެންދޭ." އުރީދޫން ނެރުނު ބަޔާނެފައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައި ވެއެވެ.
އުރީދޫން މި ހިދުމަތް ތައާރަފުކޮށްފައި ވަނީ މަސްވެރިންގެ ދުވަހާ ގުޅުވައިގެނެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 ވަނަ ދުވަހެވެ.