ވިޔަފާރި

ސްޓާ ވޯސް ބަލަން 100 މީހުންނަށް އެލައިޑުން ހިލޭ ޓިކެޓު!

Dec 12, 2016
1
  • ކުއިޒް ކުރިއަށް ދަނީ އެލައިޑް ފޭސްބުކްގައި
  • ސަތޭކަ މީހަކަށް ހިލޭ ސްޓާ ވޯޒް ބެލޭނެ
  • ބަލައިލުމުގެ ފުރުސަތު ލިބެނީ ރާއްޖޭގައި

ރާއްޖޭގައި މުހިންމު މަންޒަރުތަކެއް ނަގާފައިވާ ސްޓާވޯސްގެ އާ ފިލްމު ރޯގް ވަން ހިލޭ ބަލައިލުމުގެ ފުރުސަތު ލިބޭ ކުއިޒެއް އެލައިޑް އިންޝުއަރެންސުން މިއަދު ފަށައިފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ރިލީޒް ކުރާ "ރޯގް ވަން އަ ސްޓާ ވޯޒް ސްޓޯރީ" ބަލައިލަން ދާން ފުރުސަތު ލިބޭ މި ކުއިޒުގައި ހިމެނެނީ ސްޓާވޯސްގެ ސުވާލު ތަކެވެ. އެލައިޑުން މި ކުއިޒް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖުގަ އެވެ. ކުއިޒުގެ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ޝެއާ ކޮށްލުމުން ލަކީ ޑްރޯ އަކަށް ދާނެ އެވެ.

އެލައިޑުން ބުނީ މި ކުއިޒު ކާމިޔާބުކުރާ 100 މީހަކަށް ރާއްޖޭގެ ސިނަމާތަކުގައި މި ފިލްމް ރިލީޒްކުރާ ދުވަހު ފިލްމް ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެލައިޑުން ވަނީ މި ފިލްމް އެޅުމާ ދިމާކޮށް ޝުވެކް ސިނަމާ އިން 100 ޓިކެޓު ބުކްކޮށްފަ އެވެ. މި ފުރުސަތު ދޭނީ 17 ވަނަ ދުވަހުގެ ޝޯ އިންނެވެ.

"ރޯގް ވަން- އަ ސްޓާ ވޯސް ސްޓޯރީ" ބަލައިލަން 16 ވަނަ ދުވަހު ސިނަމާ އަށް ދާ މީހުންނަށް ހިލޭ ކޯކާއި ޕޮކް ކޯން ދޭން ވެސް ނިންމާފަ އެވެ.

ސްޓާވޯސްގެ ފަހުގެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ލ. ބަރެސްދޫގެ އިތުރުން ލ. އަތޮޅުގެ ބައެއް ފަޅު ރަށްރަށުގަ އެވެ. މި ފިލްމުގައި ދިވެހި ސިފައިން ވެސް މަސައްކަތް ކޮށްފައިވެ އެވެ.