chattelegramwhatsappviber google-plus twitter facebook

ހޮލީވުޑް

ޖޫލިއާ ރޮބަޓްސް ވެސް އެންމެފަހުން ޓީވީ ސިލްސިލާއަކަށް

ހޮލީވުޑްގެ އޭ ލިސްޓް ބަތަލާއިންގެ ތެރޭގައި ހިމެނޭ ކުޅަދާނަ އެކްޓްރެސް ޖޫލިއާ ރޮބަޓްސް ވެސް އެންމެފަހުން ޓީވީ ސިލްސިލާއެއްގައި ލީޑް ރޯލު ކުޅުމަށް އެއްބަސްވެއްޖެ އެވެ.

ޖޫލިއާ ރޮބަޓްސް ލީޑްރޯލު ކުޅުމަށް ހަމަޖެހިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނެރެ ކިޔުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ވާހަކަ "ޓްޑޭއި ވިލް ބީ ޑިފަރެންޓް" ގެ އަސްލަށް އުފައްދާ ޓީވީ ސިލްސިލާއަކުންނެވެ. މިއީ މިގޮތަށް ފުރިހަމަ ސީރީޒެއްގައި ލީޑް ރޯލު ކުޅުމަށް ރޮބަޓްސް އެއްބަސްވި ފުރަތަމަ ފަހަރެވެ.

ނަމަވެސް ކުރިން، ގެސްޓް ރޯލުތަކުން ފެނިގެންގޮސްފައިވެ އެވެ. އެގޮތުން "ފްރެންޑްސް" އާއި "ލޯ އެންޑް އޯޑާ" ކަހަލަ ޝޯތައް ފާހަގަކޮށްލެވެ އެވެ. އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ މަރީއާ ސެމްޕްލް ލިޔެފައިވާ ވާހަކަ "ޓްޑޭއި ވިލް ބީ ޑިފަރެންޓް" ޕްރޮޑިއުސްކުރަނީ ވެސް ޖޫލިއާ ރޮބަޓްސްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއަކުންނެވެ.

ނަމަވެސް މި ޑްރާމާ ސިލްސިލާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޮން ޗެނަލަކުން ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޖޫލިއާ ރޮބަޓްސް އަކީ 2001 ވަނަ އަހަރު "އެރިން ބްރޮކޯވިޗް" އިން އެންމެ މޮޅު ބަތަލާގެ އޮސްކާ ހާސިލުކޮށްފައިވާ ހުނަރުވެރިއެކެވެ. އޭނާގެ މަޝްހޫރު އެހެން ފިލްމުތަކުގެ ތެރެއިން ނޮޓިން ހިލް އާއި ޕްރިޓީ ވުމަން އަދި ރަންއަވޭ ބްރައިޑް ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު