ލައިފްސްޓައިލް

މީރު ސްޓްރޯބެރީގައި ރީތި އެތައް ފަރުވާއެއް

Mar 13, 2015

ސްޓޯބެރީއަކީ މީހުންނަށް ވަރަށް މީރު މޭވާ އެކެވެ. އެކަމަކު ރާއްޖޭގައި ފަސޭހައިން ލިބޭ މޭވާއެއް ނޫނެވެ. ސްޓްރޯބެރީގެ މީރު ރަހައިގެ  އިތުރުން ސްޓްރޯބެރީއަކީ ހަންގަނޑު ރީތިކޮށް އޮމާންކޮށް ބަހައްޓަން އެހީވެދޭ މާއްދާތައް އެކުލެވޭ މޭވާއެކެވެ. ސްޓޯބެރީގައި އެންޓި އޮކްސިޑެންޓް މާއްދާ ގިނައިން ހުރުމުން ހަށިގަނޑުގެ ފްރީ ރެޑިކަލްސް ނިއުޓްރަލައިޒް ކޮށްދެ އެވެ. އަދި ފްރީ ރެޑިކަލްސްގެ ސަބަބުން އަވަހާ މުސްކުޅިވުމުން ދުރުކޮށްދޭން އެހީ ވެދެ އެވެ. ސްޓްރޯބެރީ މީރީ އެކަންޏެއް ނޫނެވެ. ދައްތައް ސާފުކޮށް ރީތިކޮށް ބަހައްޓާށާއި އިސްތަށިގަނޑާއި ހަންގަނޑު  އޮމާންކޮށް ކުރަން ސްޓްރޯބެރީއަކީ އަޖައިބެއްފަދަ ފަރުވާއެއްވެސް މެއެވެ.

ސްޓޯބެރީ ބޭނުންކޮށްގެން ގޭގައި ފަސޭހަ ކަމާއެކު އަމިއްލައަށް ތައްޔާރުކޮށްލެވިދާނެ ފަރުވާތައް ހުރެއެވެ. ތިރީގައި އެވަނީ އެފަދަ ބައެއް ފަރުވާތަކެވެ. މިއީ ހަމައި އިސްތަށިގަނޑުގެ އިތުރުން ދައްތަކަށް ދެވިދާނެ ފަރުވާތަކެކެވެ.

މާ ބޮޑަށް ދޮންވުމުގެ ސަބަބުން ނުކެވޭ ސްޓޯބެރީ އިން ހެއާ މާސްކް އެއް ތައްޔާރު ކުރާށެވެ. އަށެއްކަ ސްޓޯބެރީ، މަޔޮނައިޒާއެކު މިކްސްކޮށް އިސްތަށިގަނޑާއެކު ބޮލުގައި އުނގުޅާށެވެ. ވިހި މިނިޓް ފަހުން ހުސް ފެނުން ބޯ ދޮވެލާށެވެ. މިހާރު ބަލައިލާށެވެ. އިސްތަށިގަނޑު މަޑުވެފައި ރީތި ވިދުމެއް ހުންނާނެ އެވެ.

ސްޓޯބެރީ ގައި ރަތް ފިޔާތޮށި ކުލައެއް ހުއްޓަސް މިއީ ކެމިކަލަކާ ނުލައި ދަތްތައް ހުދު ކޮށްދޭ އެއްޗެކެވެ. ސްޓޯބެރީގެ އޮށުގައި ދަތްތައް ހުދުކޮށްދޭ ބާވަތެއް ހިމެނެ އެވެ. އެ މާއްދާގެ އެހީގައި ދަތްތައް ހުދުކޮށް ސާފުކޮށްލެވިދާނެ އެވެ. ޗަސް ކޮށްފައިވާ ސްޓޯބެރީ އެއް ދަތުގައި އުނގުޅާ ށެވެ. މިނިޓެއް ވަންދެން ބެހެއްޓުމަށް ފަހު ފެނުން ރަނގަޅަށް ދޮވެލާށެވެ. އާދަކޮށް ސްޓޯބެރީ އިން ދަތް އުނގުޅަން ފެށުމުން ދަތްތައް ސާފުވެ ހުދުވާނެ އެވެ.

ރޭގަނޑު ރަނގަޅަށް ނިދި ނުލިބުމުން ލޮލުދެ ތިރިން ފުފި ދުޅަވާ ގޮތް ވެއެވެ. މިގޮތަށް ފުފުން ކުޑަކުރުމަށް ކޮށާފައިވާ ސްޓޯބެރީ ފޮތިތަކެއް ލޮލުގެ ތިރިގައި ޖައްސައި 10 މިނިޓް ވަންދެން ބަހައްޓާށެވެ. އޭގެ ފަހުން ފެނުން ރީތިކޮށް ދޮވެލުމުން ފުއްޕުން ކުޑަކަން ފާހަގަ ކުރެވޭނެ އެވެ. އެ ފުއްޕުން ކުޑަކޮށްދެނީ ސްޓޯބެރީގައި އެންޓި އިންފްލެމެޓަރީޒްގެ ގޮތުގައި މަސައްކަތް ކުރާ ގުދުރަތީ މާއްދާއެއްގެ ސަބަބުންނެވެ.

ސްޓޯބެރީ  ބޮޑީ ސްކްރަބް ބާޒާރުގައި ލިބެން ހުރެއެވެ. ނަމަވެސް މިފަދަ ޕްރޮޑްކްޓްސް ތަކުން ދާއިމީ ހައްލެއް ހަންގަނޑަކަށް ނުލިބެ އެވެ. އެހެންކަމުން ގޭގައި ފަސޭހައިން ސްޓޯބެރީ ސްކްރަބް ތައްޔާރު ކޮށްލެވޭނެ އެވެ. ދިހަ ވަރަކަށް ދޮން ސޮޓޯބެރީ ޗަސްކޮށްލުމަށް ފަހު ޕޭސްޓްއެއް ތައްޔާރުކުރާށެވެ. އެއަށްފަހު ސައި ސަމުސަލެއްގެ ހަކުރާއި ސައި ސަމުސަލެއްގެ އޮލިވް އޮއިލް ޕޭސްޓްގެ ތެރެއަށް އަޅައި އެއްކޮށްލާ ށެވެ. މި ޕޭސްޓް ހަންގަނޑުގައި އުނގުޅުމަށްފަހު ވަށް ބުރަކަށްވާ ގޮތަށް އިނގިލިތަކުން އުނގުޅާށެވެ. މިހެން ހެދުމުން ހެދުމުން ހަންގަނޑުގައި މަރުވެފައި ހުންނަ ސެލެސްތައް ނައްތާލައި އިތުރު ތާޒާކަށް ގެނެސްދީ ހަންގަނޑު ރީތިކޮށްދެ އެވެ.

ރީތި އޮމާން ފައިތިލައަކަށް އެންމެން ވެސް ލޯބިކުރާނެ އެވެ. ގޭގައި ވަރަށް ފަސޭހައިން ފޫޓް ސްކްރަބް އެއް ތައްޔާރު ކޮށްލައިގެން އޮމާން ފައިތިލައެއް ހޯދިދާނެ އެވެ. ދިހަ ވަރަކަށް ސްޓްރޯބެރީ އާއި ދެ ސައި ސަމުސާ އޮލިވް އޮއިލް އަދި ސައި ސަމުސަލެއްގެ ލޮނާ އެއް ކުރުމަށްފަހު ޕޭސްޓެއް ތައްޔާރުކުރާ ށެވެ. މި ޕޭސްޓް ފައިތިލައިގައި އުނގުޅުމަށްފަހު މަޑުމަޑުން ފައިތިލައިގައި މަސާޖުކުރާ ށެވެ. މިގޮތަށް މަސާޖުކުރާ އިރު ފައިތިލައިގައި ހަލާކުވެފަ ހުންނަ ތަންތަނުގައި ބޮޑަށް އުނގުޅާށެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު ދޮވެލާށެވެ.  އަދި ރަނގަޅަށް ހިއްކުމަށްފަހު މޮއިސްޓަރައިޒާ އެއް އުނގުޅާލާށެވެ.

މޫނުގެ ހަން ކުރަކިވާނަމަ ސްޓޯބެރީ އެއް ދެފަޅި ކުރުމަށްފަހު މޫނުގައި މަޑުމަޑުން އުނގުޅާށެވެ. އިރުކޮޅަކު ބެހެއްޓުމަށް ފަހު އައިސް ފެނުން މޫނު ދޮވެލުމުން ކުރަކިކަން ފިލައިދާނެ އެވެ. އެހެންވަނީ ސްޓްރޯބެރީ އަކީ އެންޓި އޮކްސިޑެންޓްސް ގިނައިން ހިމެނޭ މޭވާ އަކަށް ވާތީ އެވެ.

މޫނުގައި ބިހި ނެގުމަކީ ގިނަ މީހުން ވަރަށް ކަންބޮޑުވާ ކަމެކެވެ. އޭގެ ސަބަބުން މީހާގެ ސިފަ ހުތުރުކޮށްލާތީ އެވެ. ސްޓޯބެރީގެ އެހީގައި މޫނުގައި ނަގާ ބިހިތައް މަދުކުރެވިދާނެ އެވެ. މިކަމަށް ބޭނުން ވަނީ ހަތް ސްޓޯބެރީ އެވެ. ސްޓްރޯބެޓީތައް ޗަސްކުރުމަށްފަހު  ސައި ސަމުސަލެއްގެ ސަވާ ކްރީމާއެކު މިކްސްކޮށް ޕޭސްޓެއް ހަދާށެވެ. އަދި މި ޕޭސްޓް މޫނުގައި އުނގުޅާފައި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ހަފުތާއަކު ދެދުވަހު މޫނުގައި މި ޕޭސްޓް އުނގުޅައިލުމުން ތަފާތު ފާހަގަ ކުރެވޭނެ އެވެ. ދާއީމީކޮށް އުނގުޅަން ފެށުމުން ބިހިނެގުން ހުއްޓޭނެ އެވެ.