ފިނިޕޭޖް

ކޯލްޑްޕްލޭގެ ޝޯއަށް ދާން ސަންލޭންޑުން ރަނުގެ ފުރުސަތެއް!

Dec 28, 2016

މަޝްހޫރު ރޮކްބޭންޑް "ކޯލްޑް ޕްލޭ" ގެ ޝޯއެއް ބަލަން ސިންގަޕޫރަށް ދާން ބޭނުން ހެއްޔެވެ؟ ބޭނުންވާ މީހުންނަށް ހާއްސަ ފުރުސަތެއް ސަން ލޭންޑް ޓްރެވަލް އިން ހުޅުވާލައިފި އެވެ.

ސިންގަޕޫރު އެއާލައިންސްގެ ޖީއެސްއޭ ސަން ލޭންޑް ޓްރެވަލް އިން ބުނި ގޮތުގައި އިނގިރޭސީ ބޭންޑް ކޯލްޑް ޕްލޭގެ ޝޯ ބަލަހަން ދާން ބޭނުން ފަރާތްތަކަށް ހާއްސަ ޕެކޭޖެއް އެ ކުންފުނިން ވަނީ ވިއްކަން ފަށާފަ އެވެ. އަންނަ އަހަރުގެ މާޗް 31 ވަނަ ދުވަހު އޮންނަ މި ޝޯގެ ޓިކެޓު އެ ކުންފުނިން މިހާރު ލިބޭނެ އެވެ.

ސަން ލޭންޑް ޓްރެވަލްއިން ވިއްކާ މި ޕެކޭޖުގެ އަގަކީ މީހަކަށް 865 ޑޮލަރު (ގާތްގަނޑަކަށް 13،338ރ. ) އެވެ. މި ޕެކޭޖުގައި ސިންގަޕޫރު-މާލެ ދެކޮޅު ޓިކެޓާއި ޝޯ ބަލަން ވަނުމުގެ ޓިކެޓުގެ އިތުރުން ހުރުންވެސް ލިބޭނެ އެވެ.

ސަން ލޭންޑް ޓްރެވަލްގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު ހުސެއިން ވިޝާމް "އަވަސް" އަށް ވިދާޅުވީ މި ޕެކޭޖު ރާއްޖޭގައި ވިއްކަން ފެށީ، ދިވެހިންގެ ގިނަ ބަޔަކު މި ބޭންޑަށް ސަޕޯޓް ކުރާތީ ކަމަށެވެ.

"ރާއްޖޭގައި ވަރަށް ބޮޑު ފޭންބޭސްއެއް އޮތް ބޭންޑެއް މިއީ. އެހެންވެ ރާއްޖޭގައި މި ޓިކެޓު ވިއްކަނީ،" ވިޝާމް ވިދާޅުވި އެވެ.

ސަން ލޭންޑުން ބުނީ މި ޕެކޭޖުގެ އިތުރު މައުލޫމާތު 3310031 އަށް ގުޅުންމުން ވެސް ލިބޭނެ ކަމަށެވެ.

އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ ބައެއް މިއުޒިކް ބޭންޑްތަކުގެ ޓިކެޓު ރާއްޖޭގައި ވިއްކާފަ އެވެ. އަދި ސިންގަޕޫރުގައި އޮންނަ އެފްވަން ކާރު ރޭހުގެ ޓިކެޓުވެސް ޕެކޭޖާއެކު އެ ކުންފުނިން ކުރިން ވިއްކި އެވެ.