ހަބަރު

ހިތަދޫގައި ދުއްވަމުންދިޔަ ކާރެއްގައި ރޯވެ އަނދައިފި

Mar 13, 2015

ސ. ހިތަދޫގައި މިއަދު ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެ އަނދައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

މިއަދު ކާރުގައި ރޯވެފައި ވަނީ އީސީސީ އާއި ދިމާލުން ދުއްވާފައި ދިޔަ ކާރެއްގަ އެވެ.

"އައްޑޫ ލައިވް" ބުނާ ގޮތުގައި އަލިފާން ރޯވެފައިވާ ކާރަކީ ހިތަދޫގައި "އާގަލާ މާޓް" ހިންގާ އަހުމަދު ފަރާތުގެ ކާރެކެވެ.

ކާރުގައި އަލިފާން ރޯވި ކާރުގެ ކުރީކޮޅުން ދުން އަރަން ފެށުމާއެކު ޑްރައިވަރު ވަނީ ކާރުން ފައިބައިގެން ގޮސްފަ އެވެ. ފުރަތަމަ ދުންގަނޑެއް އެރުމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި ކާރުގައި ރޯވީ ކަމަށް ވެއެވެ.