މޯލްޑިވިއަން އައިޑޮލް 2

މިއުޒިކްގެ އެންމެ އަޑުގަދަ ޝޯއަކީ މޯލްޑިވިއަން އައިޑޮލް

ފުރުސަތުތަކެއް ލިބިފައި ނެތް ނުވަތަ ފުރުސަތުތަކެއް ހޯދައި ނުދޭ ކަމަށް ބުނެ ޝަކުވާކުރި ދިވެހި މިއުޒީޝަނުންނަށާއި ލަވަކިޔުންތެރިންނަށް 2016 ވެގެން ދިޔައީ ޔަގީނަށް ވެސް ބޮޑު އަހަރަކަށެވެ. ފްރެންޗައިޒްޑް ބައިނަލްއަގުވާމީ ޓީވީ ޝޯ، "މޯލްޑިވިއަން އައިޑޮލް" އަކީ އެތައް ގޮތަކުން ދިވެހި މިއުޒީޝަނުންނަށާއި ލަވަކިޔުންތެރިންނަށް އަދި މި ނޫން ވެސް އެހެން އާޓިސްޓުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދިން ކާމިޔާބެކެވެ.

ގާތްގަނޑަކަށް 600 އެއްހާ ބައިވެރިން އޮޑިޝަންތަކުން ފެނިގެންދިޔަ މޯލްޑިވިއަން އައިޑޮލް އެންމެފަހުން ކާމިޔާބުކުރީ ފެވަރިޓުންނާ ދެކޮޅަށް ލައިޝާ ޖުނައިދު އެވެ. ޝޯގެ ރަނަރަޕަކީ ޝަލަބީ އިބްރާހިމް އެވެ. ތިން ވަނަ ގެންދިޔައީ މުހައްމަދު އިޝާން އެވެ.

މި ތިން ލަވަކިޔުންތެރިން މި ޝޯ އިން އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ ނަމަވެސް މޯލްޑިވިއަން އައިޑޮލް އަކީ ހަގީގަތުގައި ވެސް ދިވެހި މިއުޒިކް ސީން އަށް އިންގިލާބެއް ގެނުވި ޝޯއެކެވެ. އެގޮތުން ހުނަރުވެރި ގިނަ ލަވަކިޔުންތެރިންތަކެއް ހޯދައި އާންމުންނާ ހަމަ އަށް އެމީހުން ގެނެސްދިނުމުގެ އިތުރުން އެލްޓަބްލިޝްޑް މިއުޒީޝަނުންނާއި ބޭންޑްތަކަށް ވެސް ފުރުސަތު ދިން ބޮޑު ޕްލެޓްފޯމެކެވެ.

މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް އަކީ ގައުމު އެއްބައިވަންތަކުރުމުގެ ޖާދޫ އަށް ވެސް ފާހަގަކޮށްލެވުނު ޝޯއެކެވެ. މި ޝޯގެ ދެ ވަނަ ސީޒަނަށް މިހާރު ވެސް ޕީއެސްއެމް އާއި އާ ލަވަކިޔުންތެރިންތަކެއް ވަނީ ތައްޔާރުވެފަ އެވެ.