ހޮލީވުޑް

ދިޕިކާގެ "ޓްރިޕްލް އެކްސް" ފުރަތަމަ ރިލީޒް ކުރާނީ އިންޑިއާގައި

Dec 28, 2016

ދިޕިކާ ޕަޑުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު ޓްރިޕްލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ދަ ކޭޖް އެންމެ ފުރަތަމަ ވެސް އަޅުވާނީ އިންޑިއާގައި ކަމަށް އެ ފިލްމުގެ އޮފިޝަލް ޓްވިޓާ ޕޭޖުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފި އެވެ. އިނގިރޭސި އަދި ސްޕެނިޝް ބަހުން އަޑު އަޅާފައިވާ މި ފިލްމު ރިލީޒް ކުރަނީ އަންނަ ޖެނުއަރީ މަހުގެ 20 ގަ އެވެ. ނަމަވެސް އިންޑިއާގައި މި ފިލްމު ޖެނުއަރީ 14 ގައި އަޅުވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ދިޕިކާގެ އިތުރުން މި ފިލްމުގެ މުހިންމު އެކްޓަރުންގެ ތެރޭގައި ވިން ޑީސަލް، ނީނާ ޑޮބްރޭވް، ޓޮނީ ޖާ، ރޫބީ ރޯސް، ޑޮނީ ޔެން އަދި ކްރިސް ވޫ ފެނިގެންދެ އެވެ.

ޓްރިޕްލް އެކްސް ގެ ދެވަނަ ސީކުއެލް ޑައިރެކްޓް ކޮށްފައިވަނީ ޑީޖޭ ކާސޯ އެވެ.