އަހަރުގެ ނިމިގެންދާއިރު އެންމެ ގިނަ ބަޔަކު ބަލާލަން ބޭނުންވެފައި ތިބޭނީ ހަމަގައިމު ވެސް މި އަހަރުގެ އެންމެ ހިނގި ފެޝަން ޓްރެންޑް ތަކަކީ ކޮބައިކަން ޔަގީނެވެ. އެެހެން އަހަރުތަކާއި ޚިލާފަށް މިއަހަރަކީ ލިޕްސްޓިކްގެ ކުލަތަކަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެއްކަން ފާހަގަ ކޮށްލެވެ އެވެ.
ކަޅާ ގަދަ ނުލުގެ ލިޕްސްޓިކް އެއް ފަހަރު ވެސް ޖައްސާލިން ހެއްޔެވެ؟ މިއީ މި އަހަރު ހަމަގައިމު ވެސް އެންމެ ހިނގި ކުލަތަކެވެ. ކަޅު، ގަދަ ނޫ އަދި މެރޫން ކުލަ ފަދަ ގަދަ ކުލައިގެ ޓްރެންޑެއް މިއަހަރު ހުރިހާ ހަފްލާތަކަކުން ވެސް ފެނިގެން ދިއަ އެވެ. ނަމަވެސް މި ކުލަތަކުގެ ތެރެއިން ވެސް އޮރެންޖު ކުލައިގެ އަލި ފަނޑުކޮށެއްނުލެވެ އެވެ. އޮރެންޖް ލިޕްސްޓިކަކީ ވެސް މިއަހަރުގެ ބޮޑެތި ރެޑްކާޕެޓް އިވެންޓް ތަކުން ފެނިގެންދިޔަ ކުލަ އެކެވެ.
މީގެ އިތުރުން ކާލީ ހެއާ ސްޓައިލް އާއި ފަހަތައް ދޫކޮށް އާދައިގެ ހުޅި އެއް ޖަހާލާފައި ހުންނަ ހެއާ ސްޓައިލް ތައް މިފަހަރުގެ ރެޑްކާޕެޓް އިވެންޓް ތަކުން ވަރަށް ގިނައިން ފެނިގެންދިއަ އެވެ.
ޑާކް ލިޕްސްޓިކް
ކާޑޭޝިއަން އާއިލާގެ އެންމެ ހަގު މެމްބަރު ކައިލީ ޖެނާ އިން ފެށިގެން ކެޓީ ޕެރީ ފަދަ ބޮޑެތި ސެލެބްރިޓީން މޭކަޕް ބިޒްނަސް އަށް ވަނުމާއެކު މިއަހަރު ވެގެން ގޮސްފައިވަނީ ޑާކް ލިޕްސްޓިކްގެ އަހަރަކަށެވެ. މިއަހަރު ހުރިހާ ހިސާބެއްގައި ވެސް އެންމެ ވައިގަ ހިފި ކައިލީ ޖެނާގެ ލިޕްކިޓް ތަކުގައި ވެސް ޑާކް ލިޕްސްޓިކްގެ އަދަދު ގިނަވުން މިއީ ވެސް މިއަހަރު ޑާކް ލިޕްސްޓިކްގެ އަހަރަކަށް ވެގެންދިޔަ ސަބަބަކަށް ވެދާނެ އެވެ. މިއަހަރުގެ މެޓް ގާލާ އިވެންޓުން ވެސް ފެނިގެންދިޔަ އޭ ލިސްޓްގެ ގިނަ ތަރިން ޖައްސައިގެން ތިބީ ކުލަ ގަދަ ލިޕްސްޓިކް ތަކެއްކަން ފާހަގަކޮށްލެވެ އެވެ.
އޮރެންޖް ލިޕްސްޓިކް
މިއީ ގަދަ ކުލަތައް ނަގާފައި އެންމެ ގިނައިން މި ފަހަކަށް އައިސް ފެންނަން ފެށި ކުލަ އެކެވެ. މިއަހަރުގެ ރެޑް ކާޕެޓް އިވެންޓް ތަކުން އޮރެންޖު ކުލަ ވެސް މަދެއް ނޫނެވެ. އެގޮތުން ކޭން ފެސްޓިވަލްގައި އެންމެ އަޅައިގެން އާމަލް ކްލޫނީ ލައިގެން ހުރި މަޑު ރީނދޫ ކުލައިގެ ގައުންއާ އެކު ޖައްސައިގެން ހުރީ އޮރެންޖް ލިޕްސްޓިކެވެ. އަދި ކުލަގަދަ އޮސްކާ ހަފްލާގައި ބައިވެރިވި އޮލިވިއާ މައުން އޭނާ ލައިގެން ހުރި އޮރެންޖް ގައުން އާއި ގުޅުވައިގެން ޖައްސާފައި ހުރީ ވެސް އޮރެންޖް ލިޕްސްޓިކެވެ. މި ނޫނަސް ގިގީ ހަޑީޑް، ކެންޑަލް ޖެނާ އަދި ޖެނިފާ ލޮޕޭޒް ފަދަ ތަރިން ވެސް ރެޑް ކާޕެޓް އިވެންޓް ތަކަށް އޮރެންޖް ލިޕްސްޓިކް ޖައްސައިގެން ގޮސް ހުރިތަން ފެނުނުނެވެ.
ކާލްސް
މިއީ ދެގޮތެއްނުވާ ހިތްގައިމު ސްޓައިލެކެވެ. މިއަހަރުގެ ރެޑް ކާޕެޓް އަދި ކެޓްވޯކު ތަކުން އެންމެ ގިނައިން ފެނުނު އެއް ހެއާ ސްޓައިލެވެ. އެގޮތުން ޖެނިފާ ލޯރެންސް، އޭން ހޭތުވޭ، ބްލޭކް ލައިވްލީ އަދި ލޭޑީގާގާ ފަދަ ސްޓާރުންގެ އެންމެ އާންމު އެއް ހެއާ ސްޓައިލްއަކީ ކާލީ ހެއާ ސްޓައިލް އެވެ. މީގެ އިތުރުން ވެސް ސްޓްރެއިޓް ހެއާ އަދި ބަން ސްޓައިލްގެ އިތުރުން ބޮބް ސްޓައިލް ވެސް މިފަހަރުގެ އިވެންޓް ތަކުން ފެނިގެން ދިޔަ އެވެ.