ހޮލީވުޑް

ހޮލީވުޑްގައި ހިމެނޭ ބޮލީވުޑް ރަހައިގެ ފިލްމްތައް

Dec 30, 2016

ފިލްމު "ލަޔަން" އިން ފެށިގެން "ލައިފް އޮފް ޕައި" އަކީ ހޮލީވުޑްގައި އުފެއްދި ބޮލީވުޑް މަސާލާގެ ކާމިޔާބު ފިލްމު ތަކެވެ. އެގޮތުން މިއިން ކޮންމެ ފިލްމެއްގައި ވެސް އިންޑިއާގެ ސަގާފަތް ވަރަށް ބޮޑަށް ފެނިގެން ދެ އެވެ.

ލަޔަން

އޮސްކާ ކާމިޔާބު ކޮށްފައިވާ ލައިފް އޮފް ޕައިގެ ލީޑް ރޯލުން ފެނިގެންދަނީ އިންޑިއަން އެކްޓަރުން ކަމަށްވާ ސޫރަޖް ޝަރްމާ، އިރްފާން ޚާން، ތަބޫ އަދި އާދިލް ހުސެއިން އެވެ. ކެނެޑާއަށް ނިސްބަތްވާ ވާހަކަ ލިޔުންތެރިއެއް ކަމަށްވާ ޔަން މާޓެލްގެ ވާހަކަ ލައިފް އޮފް ޕައި އަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާ އަށް ނިސްބަތްވާ ޕައި ޕެޓަލް ކިޔާ މީހަކު އޭނާގެ އާއިލާއާ އެކު ކެނެޑާ އަށް ބަދަލުވާން ކުރާ ދަތުރުގައި ހޮޅިގަނޑެއްގައި ޖެހި ބޯޓު ބަންޑުވެގެން އެ އާއިލާ އެއްކޮށް މަރުވާ އިރު، ސަލާމަތް ވަނީ އެމީހުންގެ 16، އަހަރުގެ ފިރިހެން ދަރި ޕައި އެކަންޏެވެ. އަދި ޕައި ސަލާމަތް ވެގެން ލައިފް ބޯޓެއްގައި ރިޗަޑް ޕާކާ ކިޔާ ޓައިގަރަކާ އެކު ސަލާމަތުގެ އައްސޭރި އަކަށް ދިއުމަށް ކުރާ ދަތުރެވެ.

ވިކްޓޯރިއާ އެންޑް އަބްދުލް

އަންނަ އަހަރުގެ ސެޕްޓެމްބަރ 17 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމްގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައި ނެތް ނަމަވެސް މިއީ ވެސް ބޮލީވުޑްގެ ރަހަ ހިމެނޭ ފިލްމެކެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކުރާ މި ފިލްމަކީ ކުއީން ވިކްޓޯރިއާ އާއި އިންޑިއާގެ އާގަރާ އަށް ނިސްބަތްވާ އަބުދުލް ކަރީމް އާއި ދިމާވެ، އެ ދެމެދު ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ސްލަމްޑޯގް މިލިއަނާ

މިއީ އެ ފިލްމަކަށް 2009 އަހަރުގެ އޮސްކާގައި އަށް އެ ވޯޑް ލިބުނު ފިލްމެކެވެ. ޑެނީ ބޮއެލް ޑައިރެކްޓްކޮށް 2008 ވަނަ ރިލީޒް ކުުރި މި ފިލްމަކީ މުމްބާއީ އަށް ނިސްބަތްވާ ފަގީރު ފިރިހެން ކުއްޖަކު ކްރޯޑްޕަތީގައި ބައިވެރެވެގެން އެ ގޭމް ޝޯ ކާމިޔާބު ކޮށްގެން ދިމާވާ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ޑެވް ޕެޓަލް އާއި ފަރީދާ ޕިންޓޯ ، އަނިލް ކަޕޫރު އަދި އިރްފާން ހާން އެވެ. މިއީ އިންޑިއާގެ ލިޔުންތެރިއެއް ކަމަށްވާ ވިކާޝް ސްވަރަޕް ގެ "ކިއު އެންޑް އޭ" ގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

ލައިފް އޮފް ޕައި

އޮސްކާ ކާމިޔާބު ކޮށްފައިވާ ލައިފް އޮފް ޕައިގެ ލީޑް ރޯލުން ފެނިގެންދަނީ އިންޑިއަން އެކްޓަރުން ކަމަށްވާ ސޫރަޖް ޝަރްމާ، އިރްފާން ޚާން، ތަބޫ އަދި އާދިލް ހުސެއިން އެވެ. ކެނެޑާއަށް ނިސްބަތްވާ ވާހަކަ ލިޔުންތެރިއެއް ކަމަށްވާ ޔަން މާޓެލްގެ ވާހަކަ ލައިފް އޮފް ޕައި އަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އިންޑިއާ އަށް ނިސްބަތްވާ ޕައި ޕެޓަލް ކިޔާ މީހަކު އޭނާގެ އާއިލާއާ އެކު ކެނެޑާ އަށް ބަދަލުވާން ކުރާ ދަތުރުގައި ހޮޅިގަނޑެއްގައި ޖެހި ބޯޓު ބަންޑުވެގެން އެ އާއިލާ އެއްކޮށް މަރުވާ އިރު، ސަލާމަތް ވަނީ އެމީހުންގެ 16، އަހަރުގެ ފިރިހެން ދަރި ޕައި އެކަންޏެވެ. އަދި ޕައި ސަލާމަތް ވެގެން ލައިފް ބޯޓެއްގައި ރިޗަޑް ޕާކާ ކިޔާ ޓައިގަރަކާ އެކު ސަލާމަތުގެ އައްސޭރި އަކަށް ދިއުމަށް ކުރާ ދަތުރެވެ.

ދަ ނޭމް ސޭކް

2007 ވަނަ އަހަރު ރިލީޒް ކުރި މި ފިލްމްގައި ފެނިގެންދަނީ ނިއުޔޯކްގައި ދިރިއުޅޭ ބެންގާލް އަށް ނިސްބަޔްވާ އާއިލާގައި ހިމެނޭ އެމީހުންގެ ފިރިހެން ދަރިފުޅު އޭނާގެ އައިޑެންޓިޓީ ބަދަލު ކުރަން ކުރާ މަސައްކަތެވެ. އަދި އެ އާއިލާގެ ސަގާފަތުން ބޭރުން ނިއުޔޯކް ސިޓީގައި ދިރިއުޅޭ މީހުން ގޮތަށް އެމީހުންގެ ފިރިހެން ދަރިފުޅުގެ އުޅުން ބަދަލުވުމުން ދިމާވާ ކަންތައްތަކެވެ.

މިޑްނައިޓް ޗިލްޑްރަން

މަޝްހޫރު ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ "މިޑްނައިޓް ޗިލްޑްރަން" ގެ މައްޗަށް ބިނާކޮށް 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ ނުވަ އެއްގައި ރިލީޒްކުރި މި ފިލްމަކީ ރޭގަނޑުގެ މެންދަމުގެ ވަގުތުގައި އެއްމާބަނޑު ދެބެން ވިހެއުމާއެކު އެކުދިންނަށް ލިބޭ އާދަޔާ ޚިލާފްބާރުތަކާއި އަދި ވިހެއުމުގެ ތެރޭގައި ހޮސްޕިޓަލުން ދެ ކުދިން ބަދަލުވެ، އެތަނުން އެއްކުއްޖެގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ. އަދި އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފް ބާރުގެ ބޭނުންކުރާ ގޮތެވެ. މީގެ އިތުރުން ވެސް އިނގިރޭސީންގެ އަތްދަށުގައި އިނޑިއާ އޮތް އިރު ހިނގާ ކަންތައްތަކެއް ވެސް މި ފިލްމުން ދައްކުވައިދެ އެވެ.