އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އެ ގައުމުގެ އެޓާނީޖެނެރަލް އަމުރު ކުރައްވައިފި އެވެ. އޭނާ މި އަމުރު ކުރައްވާފައި ވަނީ ބޮޑު ވަޒީރު ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ރިޝްވަތާއި ހީލަތް ހެދުމުގެ ތުހުމަތުތަކުގެ މައްޗަށް ހޯދުންތަކެއް ހޯއްދަވައި އޭގެ އަލީގަ އެވެ.
އިޒްރޭލާ ހަވާލާދީ ނިއުސް އެޖެންސިތަކުން ބުނެފައި ވަނީ ޖަރުމަން ވިލާތުގެ ކުންފުންޏަކުން އިޒްރޭލަށް ސަބްމެރިންތަކެއް ގަތުމުގައި ހީލަތުން ބޮޑު ވަޒީރު ނަތަންޔާހޫ ފައިސާ ހޯއްދަވާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ ތެރެއިން ނަތަންޔާހޫ ރިޝްވަތު ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަންގަވަފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އިޒްރޭލުން އަދި ރަސްމީ ސިފާގައި ވާހަކައެއް ނުދައްކަ އެވެ.