ލައިފްސްޓައިލް

ލެޕާފިއުމްގެ އާ އަހަރުގެ ހަދިޔާ: ދެ މީހަކަށް ރިސޯޓު ދަތުރެއް، ހިލޭ ސެންޓު

Dec 30, 2016
1
  • ސެންޓުގެ އަގު ހެޔޮ، ކޮލިޓީ އެއްވަނަ
  • ފިހާރައަށް ގޮސް އިނާމު ހޯދިދާނެ
  • އޮންލައިންކޮށް ވެސް ސެންޓު ވިއްކާ

ސެންޓު ގަންނަން ދާންވީ މި ތަނަށެވެ. މާލޭގައި ސެންޓު މިއަށް ވުރެ ހެޔޮ އަގުގައި ކޮލިޓީ ސެންޓު ލިބޭނެ ދެވަނަ ތަނެއް ހުންނާނެހެން ހިއެއް ނުވެ އެވެ. މިއީ "ލެ ޕާފިމުން" އެވެ. އޮންލައިންކޮށް www.leperfume.mv ގެ ނަމުގައި ސެންޓު ވިއްކާ މި ތަނުގެ ފިހާރަ އަށް ގޮސް އިނާމު ތަކެއް ހޯދުމުގެ ފުރުސަތު މި ވަނީ ހުޅުވާލާފަ އެވެ.

އާ އަހަރުގެ މުނާސަބަތުގައި އެ ފިހާރަ އިން ކުރި އަށް ގެންދާ ޕްރޮމޯޝަންގެ އެއްވަނަ އިނާމަކީ ދެ މީހަކަށް ފެންވަރު ރަނގަޅު ރިސޯޓެއްގައި ދެ ދުވަހު ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. ލެ ޕާފިއުމްގެ އާ އަހަރުގެ ހަދިޔާ އަދި މި ނިމުނީ އެއް ނޫނެވެ. ދެވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 2،500ރ. ގެ ޕާފިއުމް ހެމްޕާ އެކެވެ. މި ސެންޓު ޕެކުގެ ތެރޭގައި އެންމެ މީރު ވަސް ދުވާ ސެންޓުތަށް ހުންނާނެ ކަން ޔަގީނެވެ. އެއީ ބޮޑު ސިއްރެކެވެ. އަދި ތިންވަނަ އިނާމަކީ 1،000ރ. ގެ ގިފްޓް ކާޑެކެވެ.

ލެޕާފިއުމްގެ، މި ޕްރޮމޯޝަންގައި ބައިވެރިވާން ވަކި އަދަދަކަށް ހަމަވާ ވިޔަފާރި ކުރަން ލާޒިމެއް ނޫނެވެ. މިއީ އެންމެ ސަޅި ތަންކޮޅެވެ. ކިތަންމެ ކުޑަ ވިޔަފާރިއެއް ކުރިނަމަވެސް ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. ކުރަން ޖެހޭނެހާ ވެސް ކަމަކީ ކޫޕަން ފުރައިލުމެވެ. މި ޕްރޮމޯޝަން ޖެނުއަރީ މަހުގެ 30 ވަނަ ދުވަހާ ހަމަ އަށް ކުރި އަށް ދާނެ އެވެ.

"މިއީ އާ އަހަރުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް،" ލެ ޕާފިއުމްގެ އޮފިޝަލަކު ބުންޏެވެ.

ލެޕާފިއުމްގެ މި ޕްރޮމޯޝަންގައި އިތުރު އެހެން ބައެއް ވެސް ހިމެނެ އެވެ. އެއީ "ޕިކް އަ ބޯލް އެންޑް ވިން" ގެނަމުގައި ކުރިއަށް ގެންދާ ބައެ އެވެ. މިއީ ފިހާރާގައި ބަހައްޓާފައިވާ ބޯޅަ ފޮށިން ބޯޅައެއް ނަގައިގެން ނަސީބު އަގު ވަޒަން ކޮށްލުމުގެ ފުރުސަތެވެ. މި ބޯޅަ ފޮށީގައި ފޮރުވައިފައި ތަފާތު ސަޕްރައިޒްތައް ހިމެނެ އެވެ.

ލެ ޕާފިއުމް އިން ވަނީ ޕްރޮމޯޝަނެއް ފެށުމުގެ އިތުރުން އާ އަހަރާ ދިމާކޮށް ތިން ސެންޓެއް ވެސް ބާޒާރަށް ނެރެން ނިންމާފަ އެވެ. މިއީ ފިރިހެނުންނަށް ހާއްސަ ސެންޓެކެވެ.

ލެޕާފިއުމް އިން އެންމެ ފަހުން ވިއްކާފައިވަނީ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ "ލެގަސީ" ސެންޓެވެ. މި ސެންޓުވެސް ނެރުނުތާ އެއް ދުވަހުގެ ތެރޭގައި ވަނީ ވިކި ހުސްވެފަ އެވެ.