ވިޔަފާރި

ރީޓޭލްކޮށް "ނޯޓް" މޭކަޕް ވިއްކުމަށް ރަނުގެ ފުރުސަތެއް!

ރާއްޖޭގައި ވިއްކާ ތަފާތު މޭކަޕް ބްރޭންޑްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ މޭކަޕް ބްރޭންޑަކަށް "ނޯޓް" ވާނެ އެވެ. މަޝްހޫރު ބްރޭންޑަކަށްވެފައި ކޮލެޓީ ރަނގަޅު އަދި އަތްފޯރާ އަގުގައި މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބޭތީ އެވެ.

މާލޭގައި ހުންނަ ނިއު އެޑިޝަން ފިހާރަ އިން "ނޯޓް" ބްރޭންޑުގެ މޭކަޕް ޕްރޮޑަކްޓުތައް ތައާރަފުކުރިތާ މިހާރު މަހެއްވެފައިވާއިރު ކަސްޓަމަރުންގެ ފަރާތުން އެ ޕްރޮޑަކްޓުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އާދެ އެވެ. ގިނަ ކަސްޓަމަރުން ބުނަނީ މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ހިޔާކުރަނީ އެކަށީގެންވާ ރަނގަޅު އަގެއްގައި ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކެއް ލިބޭތީ ކަމަށެވެ.

މި ޕްރޮޑަކްޓުތައް ވީހާވެސް ގިނަ ކަސްޓަމަރުންނާ ހަމައަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ނިއު އެޑިޝަނުން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. ނިއު އެޑިޝަން ފިހާރާއިގެ އިތުރުން ރީޓޭލްކުރާ ހުރިހާ ފިހާރަތަކެއްގައިވެސް މި ބްރޭންޑުގެ މޭކަޕް ލިބޭނެ ގޮތް ހެދުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.

ނިއު އެޑިޝަނުން ބުނީ މި ބްރޭންޑުގެ ތަފާތު ޕްރޮޑަކްޓުތައް ވަކިން ގެންގޮސް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. ނިއު އެޑިޝަނުން މިހާރު ތައާރަފްކޮށްފައިވާ "ނޯޓް" ބްރޭންޑުގެ ބައެއް މޭކަޕް ސާމާނުގެ ތެރޭގައި ތާފާތު ވައްތަރުތަކުގެ ފައުންޑޭޝަނާއި، ކޮންސީލަ، ލިޕްސިޓިކް، އައިލައިނާ އަދި އައިޝެޑޯ ފަދަ ސާމާނުތައް ހިމެނެ އެވެ. މިއިން ކޮންމެ ވައްތަރެއްގެ މޭކަޕް ޕްރޮޑަކްޓެއް ވަކިން ގެންގޮސް ވިއްކޭނެ އެވެ.

މި ޕްރޮޑަކްޓުތައް ވިޔަފާރީ ކުރުމަށް ވިއްކާއިރު ކޮންމެ ވައްތަރެއްގެ ޕްރޮޑަކްޓުތަކާއެކު ޑިސްޕްލޭ ކޮށްފައި ބެހެއްޓުމަށް ހާއްސަ ސްޓޭންޑެއް ލިބެން ހުންނާނެ އެވެ. އެހެންކަމުން އެންމެ އާދައިގެ ފިހާރަތަކުގައިވެސް މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު ޕްރޮޑަކްޓް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނިއު އެޑިޝަނުން ބުނެ އެވެ.

ނިއު އެޑިޝަނުން ބޭނުންވަނީ އެންމެ އާދައިގެ ފިހާރަތަކުގައިވެސް ފަސޭހަކަމާއެކު މި ސާމާނުތައް ލިބޭނެގޮތް ހެދުމެވެ. މި ބްރޭންޑުގެ މޭކަޕް ރީޓެއިލްކޮށް ވިއްކާ ފަރާތްތަކަށް ރަނގަޅު ފައިދާއެއް ލިބޭނެ އަގެއްގައި އެ ފަރާތްތަކަށް "ނޯޓް" ބްރޭންޑު ފޯރުކޮށްދިނުމެވެ.

"ނޯޓް" ބްރޭންޑުގެ މޭކަޕްތައް އުފައްދާފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑުތަކާ އެއް ފެންވަރެއްގައި ގިނަ ދިރާސާތަކެއް ހެދުމަށްފަހު އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި "ނޯޓް" ރޭންޖުކުރެވިފައި ވަނީ ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގަ އެވެ. އެ ރޭންޖުގައި ނަން މަޝްހޫރު ބްރޭންޑުތައް ކަމަށްވާ "ލޯރިއަލް ޕެރިސް"، "ޑިއޯރް" އަދި "ލެންކޮމް ޕެރިސް" ފަދަ ބްރޭންޑުތައް "ނޯޓް" މޭކަޕާއި ވާދަކުރެ އެވެ.

މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި އަލްކަހޯލްގެ މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.