ވިޔަފާރި

ރައްޔިތުންނާ ބައްދަލުކުރަން ފިނޭންސް މިނިސްޓަރު ވ. އަތޮޅުގައި

Dec 30, 2016

ވ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ފިނޭންސް މިނިސްޓަރު ވ. އަތޮޅުގެ ހުރިހާ ރަށަކަށް ރަސްމީ ދަތުރެއް ފައްޓަވައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ ޑރ. މަރިޔަމް ވަސީމާ ވިދާޅުވީ ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިނިސްޓަރު ކުރައްވާ މި ދަތުރުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ މި ދަތުރަކީ ރައީސްގެ އެދިލެއްދުމަށް ވ. އަތޮޅުގެ ފަސް ރަށްތަކަށް މިނިސްޓަރު ކުރައްވާ ދަތުރު ފުޅެއް ކަމަށާއި، މި ދަތުރުގައި މި ރަށްރަށުގެ ޒުވާނުންނާއި އާއްމުންނާ ބައްދަލު ކުރައްވާނެ ކަމަށެެވެ. އަދި ވ. އަތޮޅަކީ ޓޫރިޒަމްގެ އަތޮޅެއް ކަމަށްވުމުން ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ ވެސް ބައްދަލު ކުރައްވާނެ ކަމަމަށެވެ.

ވ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް އަތޮޅެވެ. މި އަތޮޅުގައި ޖުމްލަ 19 ރަށެއް އޮވެ އެވެ. ނަމަވެސް މީގެ ތެރެއިން މީހުން އުޅެނީ ފަސް ރަށުގަ އެވެ. މީހުން ދިރިއުޅެނީ ފެލިދޫ އާއި ކެޔޮދޫ އާއި ތިނަދޫ އަދި ރަކީދޫ އާއި ފުލިދޫގަ އެވެ.