ހަބަރު

ނިލަންދޫ ސްކޫލް ތިޖޫރީ ފަޅައިލި މީހުންގެ މުއްދަތުޖަހައިފި

Dec 31, 2016

ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި ވައްކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ 28 އަހަރުގެ މީހާއާއި 19 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ނިލަންދޫ ސްކޫލުގެ ތިޖޫރިން 199،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ ހުރިހާ ފައިސާއެއް ފުލުހުން ވަނީ ހޯދާފަ އެވެ.