މަސްވެރިކަން

މަސް އެކްސްޕޯޓްކުރި މިންވަރު 48 ޕަސަންޓް ދަށަށް

ރާއްޖެއިން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 48 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 27،698 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 14،389 މެޓްރިކް ޓަނުގެ މަހެވެ.

މި އަހަރުގެ މަހުގެ އެކްސްޕޯޓް މަހުން މަހަށް

  • ޖެނުއަރީ - 4،482 މެޓްރިކް ޓަނު
  • ފެބްރުއަރީ - 6،119 މެޓްރިކް ޓަނު
  • މާޗް - 3،787 މެޓްރިކް ޓަނު

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ.

އެ ގޮތުން 9،070 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން 2،954 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 1،904 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ.